ފެނަކައިގެ 3 ބިލިއަން ރުފިޔާގެ ޕީއޯ ސިސްޓަމަށް ނާޅާ ހުރިކަން ހާމަވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓުގެ މަސައްކަތް 2023 ވަނަ އަހަރު ފެށިއިރު، ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާގެ ޕާޗޭސް އޯޑަރު (ޕީއޯ) ސިސްޓަމަށް ނާޅާ ހުރިކަމަށް އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެ އެވެ.

އޮޑިޓަރ ޖެނެރަލް ނިޔާޒީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ.

މި ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން، އޮޑިޓަރ ޖެނެރަލް ވިދާޅުވީ ކުންފުނީގެ އޮޑިޓު ލަސްވެފައިވަނީވެސް މި ސަބަބާ ގުޅިގެން ކަމަށެވެ. އަދި ވޭސްޓޭޖާއި ފްރޯޑު ފަދަ ކަންތައްތައް ހަމައެކަނި ހާއްސަ އޮޑިޓަކުން ނުހުއްޓުވޭނެ ކަމަށް ނިޔާޒީ ފާހަގަކުރެއްވި އެވެ.

”އަޅުގަނޑަށް ހީވަނީ އެއަށްވުރެ މާ ފުޅާކޮށް އެބަހުރިހެން މައްސަލަތަކެއް. ހާއްސަކޮށް އެހެން ގައުމުތަކުގައި ވެސް މުޅި ގަވަނަންސް ރަނގަޅުކޮށްގެން މިކަންތައް ކުރެވެނީ،“ އޮޑިޓަރ ޖެނެރަލް ވިދާޅުވި އެވެ.

އޮޑިޓަރ ޖެނެރަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ކުންފުނިތަކަށް މިނިސްޓްރީ އޮފް ފިނޭންސުން ސަބްސިޑީ ދޭއިރު، އެ މިނިސްޓްރީން ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އަދި މި ކުންފުނިތަކުން ލޯނު ނަގަނީ ސަރުކާރުގެ ގެރެންޓީގެ ދަށުން ކަމަށްވެސް ފާހަގަކުރެއްވި އެވެ.

މީގެ ކުރިން ކުރެވުނު އޮޑިޓުތަކުން ވެސް ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ފާހަގަވެފައިވާ ކަމަށާއި، މި މައްސަލަތައް ހައްލުކުރުމަށް އޮޑިޓު އޮފީހުން ކަންތައްތައް ހަރުދަނާ ކުރާނެ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވި އެވެ.

”ފައިނޭންޝަލް އޮޑިޓެއްގެ ނަތީޖާ ގޯސްވެއްޖެއްޔާ އޭގެން އެ ދައްކައިދެނީ އެތެރޭގެ އިންޓާނަލް ކޮންޓްރޯލާއި ގަވަނަންސްގެ ބައިވަރު މައްސަލަތައް ހުންނަކަން،“ އޮޑިޓަރ ޖެނެރަލް ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް އަހަރުގައިވެސް ހާއްސަ ގިނަ އޮޑިޓުތަކެއް ކުރިއަށް ގެންދާނެ ކަމަށް އޮޑިޓަރ ޖެނެރަލް ހާމަކުރެއްވި އެވެ. ނަމަވެސް ރެކޯޑު ބެލެހެއްޓުން ރަނގަޅަށް ނުބެލެހެއްޓޭތީ އޮޑިޓުގެ މަސައްކަތްތައް ލަސްވަމުންދާކަން އޮޑިޓަރ ޖެނެރަލް ނިޔާޒީ ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިސް އޮޑިޓާ ޖެނެރަލް އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމެޓީ ފެނަކަ ފެނަކަ ހިޔާނާތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ