ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ޗައިނާގެ ޝެންޑޮންގް ޕްރޮވިންސްއަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވަނީ ނިޝަން ފޯރަމް އޮން ވޯލްޑް ސިވިލައިޒޭޝަންގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ޝެންޑޮންގް ޕްރޮވިންސްގެ އިސް ބޭފުޅުންނާއެކު މުހިންމު މަޝްވަރާތައް ކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ އެވެ.
މި މަހުގެ 9 އިން 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ނިޝަން ފޯރަމް އޮން ވޯލްޑް ސިވިލައިޒޭޝަންގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ނައިބު ރައީސް ވަނީ މިދިޔަ ހަފުތާގައި ސްޕެއިންގެ ސެވިލްގައި ބޭއްވުނު ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް