ރޭގެ މުޒާހަރާއަކީ ޤާނޫނީ ވެރިކަމަކާދެކޮޅަށް ރޭވިގެން ހިންގި ނިރުބަވެރި ހަރާކާތެއްގެ ގޮތުގައި ސިފަކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ޤާނޫނީ ވެރިކަމަކާދެކޮޅަށް ރޭވިގެން ހިންގި ނިރުބަވެރި ހަރާކާތެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ސިފަކުރައްވައިފި އެވެ.

އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ސުލްހަވެރި އިހްތިޖާޖެއްގެ ނަމުގައި ޤައުމުގެ ސުލްހަމަސަލަސްކަން ނަގާލައި ހަލަބޮލިކުރުމަށް އެމްޑީޕީއިން ރޭ ކުރިއަށް ގެންދިޔަ ހަރަކާތް ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.

”އެ ޙަރަކާތަކީ ރައްޔިތުންގެ ބާރާއި، ޚިޔާފާޅުކުރުމުގެ ޙައްޤުގެ ނިވަލުގައި، ޤާނޫނުއަސާސީއާއި ޤާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ޤާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ޙަރާކާތެއްގެ ގޮތުގައި ސިފަކުރަން.“ ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ އެތައް ރައްޔިތުނެއް އެއްތަނަކަށް ޖަމާކޮށް، ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑަރޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް ކމަށެވެ.

އެމްޑީޕީން ރޭ އަމަލުކުރިގޮތަކީ، އެޕާޓީން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި މިއަދު އެޕާޓީ ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމުގައި ޤަބޫލުކުރައްވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ރޭގެ ހަރަކާތް ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް ނައިބު ރައީސް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.

ރޭގެ މުޒާހަރާ ކުރިއަށް ގެންދިއުމަށް އެމްޑީޕީއަށް ފުލުހުން ހުއްދަ ދީފައިވަނީ އަމީނީ މަގު އަދި ބޮޑުތަކުރުފާނު މަގެވެ. ނަމަވެސް އެމްޑީޕީން މަސައްކަތް ކުރީ މަޖިލީދީމަގުން މުޒާހަރާ ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ފުލުހުން ވަނީ މަޖީދީމަގުން މުޒާހަރާގެ ބައިވެރިން ހުއްޓުވާ، އެއްބަސްވެފައިވާ މަގުތަކުން ކުރިއަށްދިއުމަށް ތަކުރާރުކޮށް އެދިފަ އެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާމެދު ބައެއް ކުރިމަތިލުން ރޭ ހިނގާފައިވެ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންވަނީ ބެރިކޭޑް ބޭނުންކޮށް ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަނުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ފެންފުޅިފަދަ ތަކެތި އުކާ، ފުލުހުންގެ ޝީލްޑްފަދަ ބައެއް އާލާތްތައް ގަދަކަމުން އަތުލާފައިވެ އެވެ.

މި މުޒާހަރާގެ ތެރެއިން 8 މީހަކު ހައްޔަރުކޮށްފައިވާއިރު 6 މީހަކު 15 ދުވަހަށް ބަންދު ކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް އެމްޑީޕީ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ