ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވި އިރު ’ބަލިވެގެންކަމަށް ހަދާފަ’، ސިންގަޕޫރަށްކުރި ކޮންމެ ދަތުރެއްކުރީ، ވަގު ޑީލު ހަދާ ދައުލަތް ލޫޓުވާލަންކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވީ އެކްސްގައި ރޭ ދަންވަރު ކުރެއްވި ޕޯސްޓެއްގަ އެވެ. ފަލާހު މިހެން ވިދާޅުވެފައިވަނީ ހަނިމާދޫ އެއާޕޯޓު އިންޑީއާގެ އަދާނީ ގްރޫޕަށް ވިއްކާލުމަށް ސިންގަޕޫރުގައި ބައްދަލު ކުރިކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.
ފަލާހު ވިދާޅުވީ ރައީސް ޔާމީންގެ ދުލުން ލާރު ނޫން އެއްޗެއް ބޭރުވާން ޖެހޭ ކަމަށެވެ.
ހަސަނަށް ހީވާނެ، ފުޅަށް ބުޑުން ދަންޏާ، ކެޔޮގަނޑު ކަނޑާލާނެހެން، އަޅެފަހެ ދުލުން ލާރި ނޫން އެއްޗެއް ބޭރުވާން ވެެއްޖެއްނު.
ފަލާހު ވިދާޅުވީ ޔާމީން ވެރިކަމުގައި ހުންނެވި އިރު ’ބަލިވެގެންކަމަށް ހަދާފަ’، ސިންގަޕޫރަށްކުރި ކޮންމެ ދަތުރެއްކުރީ، ވަގު ޑީލު ހަދާ ދައުލަތް ލޫޓުވާލަންކަމަށާއި އެހެންވީމާ ހީވާނީ ހުރިހާ ވެރިންވެސް ކަން ކުރައްވާނީ އެގޮތަށްކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ އަދާނީ ގްރޫޕާ ބައްދަލު ކުރި ކަމަށާއި ހަނިމާދޫ އެއާޕޯޓު އެ ކުންފުންޏަށް ވިއްކާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވިއްޔާ މިފަހަރު މި ބައްދަލުކުރި މީހުންގެ ތެރޭގައި ސިންގަޕޫރުގައި ބައްދަލުކުރި މީހުންގެ ތެރޭގައި އަދާނީ ގުރޫޕްގެ ޗެއާމަންއާ ބައްދަލުކުރި. ޚަބަރު ލިބޭ ގޮތުގައި ވެއްޖެއްޔާ ހަނިމާދޫ އެއާޕޯޓް ވިއްކާލަން މި މަސައްކަތް ކުރަނީ އަދާނީ ގުރޫޕަށް.
ހަނިމާދޫ އެއާޕޯޓާ ގުޅިގެން އެކި ފަރާތްތަކުން އެކި ވާހަކަތަށް ދައްކަމުން ދާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހަނިމާދޫ އެއާޕޯޓް ހިންގާނެ ބަޔަކު ހޯދުން އެންމެ ރަނގަޅުވާނީ ބީލަމަށް ލައިގެން ކަމަށް ވިދާޅުވެފަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސް އަބްދުﷲ ޔާމީން ރައީސް މުހައްމަދު ނަޝީދު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު