ބުޅާ ގެއްލޭ މައްސަލަ ބަލައިދިނުމަށް އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުން ބުޅާ ގެއްލޭ މައްސަލަ ބަލައިދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތައް މައްސަލަ ހުށައަޅާފައިވާ ކަމަށް އެގުރިކަލްޗަރ މިނިސްޓްރީއިން ހާމަކޮށްފި އެވެ.

މާލެ ސަރަހައްދުން ބުޅާ މަދުވާކަމުގެ ވާހަކަތައް ސޯޝިއަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެގުރިކަލްޗަރ މިނިސްޓްރީއިން ބުނީ، މާލެ ސަރަހައްދުން އާދަޔާ ހިލާފައް ބުޅާ މަދުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބުޅާ ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް އެކަން ހިއްސާކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން މާލެ ސަރަހައްދުން ބުޅާ މަދުވަމުންދާ މައްސަލަ ބަލައި ދިނުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތައް ވަނީ ހުށައަޅާފަ އެވެ.

ބުޅާތައް ބެލެހެއްޓުމަށް އޮޅުހިޔާގެ ޝެލްޓަރގެ ނަމުގައި ތަނެއް ވަނީ ހަދާފަ އެވެ. މި ފެސިލިޓީގައި 2,000 ބުޅަލަށް ޖާގަ ލިބޭނެ ކަމަށް މީގެކުރިން މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

އޮޅުހިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ