ލޭންޑް އެކުއިޒިޝަނާއި ކޮންވާޝަން ފީތަކުގެ ގޮތުގައި ދައުލަތަށް 35 މިލިއަން ރުފިޔާ

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ މިހާތަނަށް ލޭންޑް އެކުއިޒިޝަނާއި ކޮންވާޝަން ފީތަކުގެ ގޮތުގައި ދައުލަތަށް 35 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ޖޫން 19 އާ ހަމައަށް އެ ފީތަކުގެ ގޮތުގައި 35 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 350 ގުނަ އިތުރު އަދެދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ އެންމެ އެއް ލައްކަ ރުފިޔާ އެވެ.

މި އަހަރުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ގިނަ އަދަދެއްގެ ރަށްތަކެއް ޓޫރިޒަމްގެ ބޭނުމަށް ހުޅުވާލާފަ އެވެ. މީގެ ތެރޭގައި ހއ. ކެލާ އާއި ކ. ކާށިދޫގެ ފަޅު ހިމެނެ އެވެ. އަދި އިތުރު 31 ރަށް ޓޫރިޒަމްގެ ބޭނުމަށް ހުޅުވާލަން ނިންމާފައިވާކަން ފާހަގަކުރެވެ އެވެ.

މިއަހަރުގެ މިހާތަނަށް ލޭންޑް އެކުއިޒިޝަނާއި ކޮންވާޝަން ފީތަކުގެ ގޮތުގައި ދައުލަތަށް މިހާ ބޮޑު އަދަދެއްގެ އާމްދަނީއެއް ލިބިފައިވާއިރު ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް 5 ބިލިއަން ރުފިޔާ ޓީޖީއެސްޓީން ލިބުނުއިރު މިއަހަރުގެ މި މުއްދަތުގައި 5.6 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ފަތުރުވެރިކަމާ ބެހޭ އެހެނިހެން އާމްދަނީތަކަށް ބަލާއިރު އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ގްރީން ޓެކްސްގެ އާމްދަނީވެސް ވަނީ މިދިޔަ އަހަރާ ބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޠާރިޤު މިދާދި ފަހުން ވިދާޅުވެފައިވަނީ މިއަހަރުގެ ތެރޭގައި 1،290 އެނދު މާކެޓަށް ނެރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މިވަގުތު ރާއްޖޭގައި 180 ރިސޯޓު ހިންގަމުންދާއިރު، 156 ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި 61 ރަށެއްގެ މަސައްކަތް އޮތީ ހުއްޓިފައެވެ.

މިނިސްޓްރީ އޮފް ފިނޭންސް މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ