އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓަށް 134 މިލިއަން ރުފިޔާ ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2026 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިޔަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްދީފި އެވެ.

މިއީ މި އަހަރަށް މަޖިލީހުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ކަނޑައެޅި ބަޖެޓަށްވުރެ 20 މިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.

މި ބަޖެޓް ފާސްކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން، ހާޒިރުވެ ތިއްބެވި 51 މެންބަރުންގެ އިއްތިފާގުން ވަނީ ބަޖެޓް ފާސްކޮށްފަ އެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށަހަޅަންޖެހޭ ބަޖެޓެކެވެ.

އޮޑިޓް އޮފީހުން މަޖިލީހަށް ހުށަހަޅާފައިވަނީ ރިކަރަންޓު ޚަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް 92,791,084 ރުފިޔާ އާއި ޕީއެސްއައިޕީގެ ގޮތުގައި 41,500,000 ރުފިޔާ ހިމެނޭ ބަޖެޓެކެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުން ބުނެފައިވާ ގޮތުގައި ބަޖެޓު އިތުރުކުރަން ޖެހުނު މައިގަނޑު ސަބަބަކީ އެކި ޑިޕާޓްމަންޓުތަކަށް ސީނިއަރ އޮޑިޓަރުން ނަގަންޖެހުމެވެ. މިގޮތުން މިހާރުވެސް 22 ޑިޕާޓްމަންޓެއްގެ ތެރެއިން ހަތް ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ ސީނިއަރ އޮޑިޓަރެއް ނެތި އެވެ.

މީގެއިތުރުން، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮޑިޓް ފަންޑުގެ މުވައްޒަފުން ނޭޝަނަލް ޕޭ ފްރޭމްވަރކަށް ބަދަލުކޮށްފައިވާއިރު، އެ މުވައްޒަފުންގެ މުސާރައަށް 9.1 މިލިޔަން ރުފިޔާ އިތުރުވެފައިވާކަން އޮޑިޓު އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

މާލިއްޔަތު ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު ފާސްކޮށްފައިވަނީ އޮޑިޓް އޮފީހުން ހުށަހެޅުއްވި ގޮތަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ރާއްޖޭގެ ތާރީހުގައި އޮޑިޓް އޮފީހަށް ފާސްކޮށްދިން އެންމެ ބޮޑު ބަޖެޓުކަމަށް މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އޮޑިޓާ ޖެނެރަލް މާލިއްޔަތު ކޮމެޓީ މިނިސްޓްރީ އޮފް ފިނޭންސް ދައުލަތުގެ ބަޖެޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ