މިލަންދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ށ. މިލަންދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މިލަންދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މިލަންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރް އެވެ. އެގޮތުން، މި މަޝްރޫއުއަކީ 110.87 މިލިޔަން ރުފިޔާއަށް 600 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން 38,087 އަކަފޫޓުގެ ސަރަހައްދެއްގައި 30 އެނދު ހިމެނޭ 2 ފަންގިފިލާގެ އިމާރާތެއް ތަރައްގީކުރާނެ އެވެ. އަދި 2,563 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ، އެހެނިހެން ޚިދުމަތްތައް ދިނުމަށް އިމާރާތެއް ބިނާކުރެ ވޭނެ އެވެ.

މީގެ އިތުރުން، 3,573 އަކަފޫޓުގެ ސަރަހައްދެއްގައި މުވައްޒަފުން ތިބުމަށް ޚާއްސަކޮށް، 2 ފަންގިފިލާގެ އިމާރާތެއްވެސް ބިނާ ކުރެވޭނެ އެވެ.

ށ. މިލަންދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ