ބުޅާ ފެސިލިޓީ ހިންގަން ދެ ފަރާތަކުން ކުރިމަތިލައިފި

Advertisement

އެންމެ ފަސް

Advertisement

އޮޅުހިޔާގެ ޝެލްޓަރ، އެގްރިކަލްޗަރ މިނިސްޓްރީން ގުޅިގެން ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ދެ ފަރާތަކުން ކުރިމަތިލާފި އެވެ.

އެގްރިކަލްޗަރ މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، އޮޅުހިޔާ ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނުގެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. މިހާރު ކުރިއަށްދަނީ ހުށަހެޅި ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްތަކެވެ. މި ފެސިލިޓީ ހިންގުމަށް ހޯދަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

މި ފެސިލިޓީއާ ގުޅޭ ގޮތުން އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ކުރިން ދެއްވި މަޢުލޫމާތުގައި، ”އޮޅުހިޔާ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ“ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ފެސިލިޓީގެ ރިކަރަންޓް ޚަރަދަށް އެކަނި ވެސް 1.2 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ.

މިހާރު އޮޅުހިޔާގައި 30 ބުޅާ ބަލަހައްޓަމުން ގެންދިޔަ ނަމަވެސް، މި ފެސިލިޓީގައި 2,000 ބުޅަލަށް ޖާގަ ލިބޭނެ ކަމަށް މިނިސްޓަރ މާރިޔާ ވަނީ ހާމަކުރައްވާފަ އެވެ. މިއީ މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެކެވެ.

އޮޅުހިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ