ދަރަނީގެ މައްސަލައިގައި ލިޔޯން ރެލިގޭޓް ކޮށްލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދަރަނީގެ މައްސަލަ ހައްލުނުކުރެވުމުން ފްރާންސްގެ ކްލަބް ލިޔޯން ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްލައިފި އެވެ.

ލިޔޯން ރެލިގޭޓް ކުރަން ނިންމީ ފްރާންސް ފުޓްބޯޅައިގެ މާލީ ކަންކަން ބަލަމުން އަންނަ ޑީއެންޖީސީންނެވެ. ލިޔޯންގެ ވެރިފަރާތް، ޖޯން ޓެކްސްޓާ ހިމެނޭހެން އެ ކްލަބުގެ އޮފިޝަލުންގެ ޓީމެއް ވަނީ އަންގާރަ ދުވަހު ޑީއެންޖީސީ އާ ބައްދަލުކޮށްފަ އެވެ. ނަމަވެސް، ކްލަބުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ލިޔޯން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑީއެންޖީސީގެ ނިންމުމަކީ ބަލައިގަނެވޭ ނިންމުމެއް ނޫން ކަމަށާއި، އިސްތިއުނާފަށް ހުށަހަޅާނެ ކަމަށެވެ.

ލިޔޯން ރެލިގޭޓް ވުމާއެކު، ކްރިސްޓަލް ޕެލަސް އިން ޔުއެފާ ޔޫރޮޕާ ލީގުގައި ކުޅުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. ޕެލަސް އަށް އެ މުބާރާތުގައި ވާދަކުރުމުގެ ޔަގީންކަން ނެތީ، ޔުއެފާގެ ގަވައިދަށް ފުށުއެރުމުގެ ސަބަބުންނެވެ. ޔުއެފާގެ ގަވައިދުގައިވާ ގޮތުން އެއް މެނޭޖްމަންޓަކުން ހިންގާ ދެ ކްލަބަކަށް އެއް މުބާރާތެއްގައި ވާދައެއް ނުކުރެވޭނެ އެވެ. މި ދެ ކްލަބަކީވެސް އީގަލް ފުޓްބޯލް ގުރޫޕުގެ ދަށުން ހިންގާ ދެ ކްލަބެވެ.

ދަރަނީގެ މައްސަލަ ހައްލުކުރުމަށް ޓެކްސްޓާ ވަނީ ޕެލަސްގެ 43 އިންސައްތަ ހިއްސާ ވިއްކާލުމަށްވެސް ނިންމާފަ އެވެ. މީގެއިތުރުން، ލިޔޯން އިން ވަނީ މި ޓްރާންސްފާ މާކެޓުގައި ރަޔަން ޗާކީ މެންޗެސްޓާ ސިޓީއަށް ވިއްކާލާފަ އެވެ.

ކުޅިވަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ