8 އިސްލާހަކާއެކު ކުޅިވަރު ގާނޫނު މަޖިލީހުން ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކޮށްފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް ހުށަހެޅުއްވި 8 އިސްލާހަކާ އެކު އެވެ. މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން ބިލު ފާސްކޮށް ތަޅުމަށް ފޮނުވުމުން މެންބަރު ތޯރިގް ބިލަށް ހުށަހަޅުއްވާ މަޖިލީހުން ފާސްކޮށްފައިވާ ބައެއް މުހިންމު އިސްލާހުތަކުގެތެރޭގައި، ދިވެހި ރާއްޖޭގެ ކުޅިވަރު ޖަމިއްޔާތަކާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކުޅިވަރުގައި އެންމެހައި ހަރަކާތްތައް ޒަމާން ފެންވަރެއްގައި ކުރިއަރުވައި ހިންގުމުގެ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހާއި ކޮމިޝަނަރ އޮފް ސްޕޯޓްސްއާއި، ޤައުމީ ކުޅިވަރު ފަންޑާއި، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގާއިމުކޮށް ރެގިއުލޭޓްކުރުން ހިމެނެ އެވެ.

މި އިސްލާހު ފާސްކޮށްފައިވަނީ ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީ ކަންކަން ކުރިއަށް ގެންދިއުމުގައި އަމަލުކުރަން މަޖުބޫރުވާ ހާއްސަ ގަވާއިދުތަކެއް ހަދަން ލާޒިމުވާ ގޮތަށެވެ.

މި ބިލު ހުށަހަޅާފައިވަނީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހުރިހާ އުމުރުފުރާ ތަކެއްގެ ވާދަވެރި އަދި ވާދަވެރި ނޫން ކުޅިވަރުގެ އެންމެހައި ހަރާކާތްތައް އެއް އޮނިގަނޑެއްގެ ދަށުން ބައްޓަން ކުރެވިގެންދާނެ ގޮތެއްގެ މަތިން ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރު އޮނިގަނޑެއް އެކުލަވާލައި ހިންގުމަށް ގާނޫނުގައި ކަނޑައެޅުމަށެވެ.

ރައްޔިތުންގެ މަޖިލިސް ކުޅިވަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ