ފަހުން އާންމު ކުރި އުސޫލު އުވާލާ، ކުރީ ސަރުކާރުގެ ލިސްޓަށް ފްލެޓް ދޭން ރައީސް ނިންމަވައިފި

Advertisement

އެންމެ ފަސް

Advertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ދޫކުރާނީ 15 ނޮވެމްބަރ 2023 ގައި ޕޯޓަލްގައި ޝާއިޢުކޮށްފައިވާ ލިސްޓާ އެއްގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް، 15 ނޮވެމްބަރ 2023 ގައި ޕޯޓަލްގައި ޝާއިރުކޮށްފައިވާ ލިސްޓަށް ފްލެޓްތައް ހަވާލުކުރައްވާނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް، 15 ނޮވެމްބަރ 2023 ގައި ޕޯޓަލްގައި ޝާއިރުކޮށްފައިވާ ލިސްޓަށް ފްލެޓްތައް ހަވާލުކުރައްވާނޭ ކަމުގެ ޔަޤީންކަން އަޅުގަނޑަށް ރައީސް ދެއްވައިފި ކަމުގައި ތިޔަ އެންމެހައި ލޮބުވެރި އަޚުންނާއި އުޚުތުންގެ ސަމާލުކަމަށް ދަންނަވާލަމެވެ.

މމިނިސްޓްރީން މިއަހަރު ކުރި އިޢުލާނުގައި ހިމެނުނު ބައެއް އުސޫލުތަކަކީ ސްކީމަށް ހުޅުވާލި އިރު ހިމެނިފައިނުވާ އުސޫލުތަކަކަށް ވުމާއެކު، ގިނަ ރައްޔިތުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ރައްޔިތުންނަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނުކަމުގެ ލިސްޓުގައި އޮތްނަމަ ފްލެޓް ނުލިބޭ ގޮތަށް ވަނީ އުސޫލެއް އެކުލަވާލާފަ އެވެ. މި އުސޫލާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރި އެވެ. މި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމުން، ރައްޔިތުންގެ އަޑުއައްސަވައި، ރިޔާސީ ވަޢުދާ އެއްގޮތަށް ކުރިން ޝާއިޢުކުރި ލިސްޓަށް ފްލެޓްތައް ދޫކުރުމަށް ރައީސް ނިންމެވީކަމަށް މެންބަރު ވިދާޅުވި އެވެ.

26 ޖޫން 2022 ގައި ޢަމަލުކުރުމަށް އެކުލަވާލެވުނު އުސޫލާ ޚިލާފުވެފައިވާ ފަރާތްތައް ލިސްޓުން އުނިކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާކަމަށް މެންބަރު ޒަމީރު ވިދާޅުވި އެވެ. އަދި އެއީ ކުރިން ވެސް ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ކަމެއްކަން މެންބަރު ފާހަގަ ކުރެއްވި އެވެ.

އެހެނިހެން ސިޔާސީ ޕާޓީތަކާއި އިދިކޮޅު ސިޔާސީ ވެރިންގެ އާންމު އުސޫލަކީ، ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ކަންކަން، ޚާއްޞަކޮށް ބޯހިޔާވަހިކަމާ ގުޅޭ ސިޔާސަތުތައް ބަދަލުކޮށް، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން ކަމަށް މެންބަރު ވިދާޅުވި އެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒަކީ ޤައުމާއި ރައްޔިތުންގެ ލާބައަށްޓަކައި، އެމަނިކުފާނުގެ ވަޢުދުތައް ފުއްދަވަމުން ގެންދަވާ ރައީސެއްކަމަށް ވިދާޅުވެ މެންބަރު ޒަމީރު ވަނީ ރައީސްއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ގެދޮރުވެރިޔާ ސްކީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ