އެމްޑީޕީ ސަރުކާރުގެ އިގްތިސޯދީ އަމަލުތައް ހުރި ގޮތް ހިތަށް އަރާފައި ’މޭ ނުބައި ކުރި‘: ރީކޯ މޫސަ

Advertisement

އެންމެ ފަސް

Advertisement

އެމްޑީޕީގެ މެންބަރެއް ކަމަކު ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިގްތިސޯދީ އަމަލުތައް ހުރި ގޮތް ހިތަށް އަރާފައި ’މޭ ނުބައި ކުރި‘ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއާ ގުޅޭގޮތުން ފާޑު ވިދާޅުވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މިނިސްޓަރުންނަށް ތިއްބެވި ބޭފުޅުން ސްޓޭޖަށް އަރާ އިގްތިސޯދު ހަރުދަނާކޮށް ދަރަނި ފިލުވާ ވާހަކަ ވިދާޅުވީމާ ކޮނޑުހުޅުން އަތް ނެއްޓޭ ވަރަށް އަތް ޖަހައިގަތީ ކުރިން އެ މިނިސްޓަރުންނާ ދިމާލަށް ހަޅޭލަވާ ހެދި މީހުން ކަމަށެވެ.

މޫސަ ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ އަދި ރައީސް ސޯލިހު އެންމެ އިތުބާރުކޮށްގެން ގެންގުޅުއްވި ހުރިހާ ވަޒީރު ރައީސް ނަޝީދު އެމްޑީޕީއާ ގުޅޭ ޖަލްސާގައި ބައިވެރިވުމުން ފާޑު ވިދާޅުވެފަ އެވެ.

އިހަށް ދުވަހު ރައީސް ސޯލިހުގެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ އަދި ސޯލިހު އެންމެ އިތުބާރުކޮށްގެން ގެންގުޅުނު ހުރިހާ ވަޒީރުން ރޭގައި އެތިބީ ޑިމޮކްރެޓްސް އަންނާތީ މަރްހަބާ ކިޔާށެވެ. ޕާޓީ ރޫޙުގަޔޯލައެވެ؟ ސޯލިހެއް ނުފެނުނެވެ؟ ޕާޓީ ރޫޙްކަމަށް މިވަނީ ވެރިންގެ ދަށްފައިގާ ދޫހާކައިގެން ޕާޓީގެ ކުރީސަފުން ޖާގަ ލިބޭ މީހުނޯލައެވެ.

ރައީސް ސޯލިހު ސަރުކާރުގައި އެމްޑީޕީގެ އާންމު މެންބަރުންނަށް އާދައިގެ ވަޒީފާއެއްވެސް ނުދިން ވަޒީރުންނަށް ’ހެސްކިޔާފަ ބަވާފަ‘ ޑިމޮކްރެޓްސްއަށް ދިޔަ ކުރީގެ އެމްޑީޕީ ކުދިންވެސް ޖަލްސާގައި ތިބީ ހަމަ އެ ވަޒީރުންނާއެކު ހިނިތުންވެފައި ކަމަށެވެ. އަދި އަދި ކޮވިޑުން އަރައިނުގަނެވި ތިބި ދިވެހި ވިޔަފާރިވެރިންނަށް ގޮންޖަހައި، ޓެކްސްތައް ބޮޑުކޮށ،ް ރާއްޖޭގައި ހިނގަމުންގެންދިއަ ޕްރޮޖެކްޓްތަކުން ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތު ނުދީ ބޭރުގެ ކުންފުނިތަށް މި ރާއްޖެއަށް ގެނެސް ކަޓުލިބޭގޮތަށް މަޝްރޫތައް ދޫކޮށް، އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލޯނު ފައިސާ ’ތަޅާ ހުސްކުރާތީ‘ އެމްޑީޕީގެ މެންބަރުންވެސް އޭރު ހަޅޭލަވާ ހެދި ވަޒީރުން ޖަލްސާގައި ތިބީ ޑިމޮކްރަސީވެ އުފަލުން ހެވިފައި ކަމަށެވެ.

އެމްޑީޕީ ކުރިއަށް ނުގެންދެވި ހަރުގެ ޖަލްސާއަކަށް ގޮސްލަން ނުކެރުނު ޕާޓީގެ ވެރިން ރޭގައި ސަލްޓަން ޕާކުން މި ފެނުނީ ރައީސް ނަޝީދަށް މަރުހަބާ ކިޔާކަށް ނޫން. ތިމާމެންގެ ނަފްސުގައި ސިޔާސީގޮތުން ކުރިމަގު ހޯދާނެ ހަކަތަ ނެތި ނަޝީދުގެ ފަޓުލޫނު ފައިކުރީގައި އެލިގެން ސިޔާސީ ކުރިބޯށި ކަނޑަން ދުވާތަން.

މޫސަ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަ ބޭފުޅަކު ވާދަ ކުރައްވަން ޖެހޭނީ ކުރީގެ ރައީސް ޔާމީންއާ ކަމަށެވެ. މިއީ އޭނާ އަބަދުވެސް ބުނަމުން އަންނަ ވާހަކައެއްކަމަށް މޫސަ ވިދާޅުވެފައިވެ އެވެ. ޕީއެންސީގެ މެންބަރުންނަށް މޫސަ ވަނީ ރައީސް ޔާމީނަށް ’ނުބަވާ، ކަށިކޮއްޔަށްވާހެން ނުފުއްޕުމަށް‘ ވިދާޅުވެފަ އެވެ. އަދި މާދަމާ ޕީއެންސީގެ މެންބަރުން ތިބޭނީ ރައީސް މުއިއްޒުގެ ގާތުގައި ނޫން ކަމަށާއި ވެރިކަމަކީ މައެއްބަފައެއް ދަރިއެއް ޤައުމެއް ޑިމޮކްރަސީ އެއް އޮންނަ އެއްޗެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް މުހައްމަދު ނަޝީދު ރީކޯ މޫސާ މަނިކު އެމްޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ