’ހިޔާވެހި‘ ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ހައުސިން މިނިސްޓްރީން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެވެ އަދި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އެވެ.
ހައުސިން މިނިސްޓްރީން ބުނީ، މި އެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އިމާރާތް ނުކުރެވި ތިބި މީހުންނަށް %5 އިންޓްރެސްޓުގައި ލޯނު ދޫކުރުމުގެ ވައުދުގެ ދަށުން ލޯނު ދޫކުރުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، މި ސްކީމުގެ ދަށުން ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ ކަމަށާއި، ބޭންކަށް އެޕްލިކޭޝަން ލިބޭތާ ދެ ހަފްތާ ތެރޭ އިވެލުއޭޝަން ނިންމައި މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އިރާން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ