ބޯހިޔާވަހިކަން އެންމެންނަށް: ފްލެޓާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 4 ގައި

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އިއުލާން ކުރި ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުުސަތު އަންނަ ޖެނުއަރީ 4 ގައި ހުޅުވާލުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ގެޒެޓުގައި ޝާއިރުކުރި އިއުލާނުގައިވާ ގޮތުން މާލެ ސަރަހައްދުންނާއި ރަސްމާލެއިން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ޖެނުއަރީ 4 އިން ފެށިގެން މާޗް 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ. މިނިސްޓްރީން ހާމަކުރާ ގޮތުގައި، އެޕްލިކޭޝަން ހުށަހެޅުއްވޭނީ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލު“ ނުވަތަ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު“ ގެ ތެރެއިން ކޮންމެވެސް އެއް އުޞޫލެއްގެ ދަށުންނެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލުގެ ދަށުން ޖުމްލަ 15،000 (ފަނަރަ ހާސް) ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 1250 (ބާރަސަތޭކަ ފަންސާސް) އަކަފޫޓެވެ.

ގޯތީގެ ތަފްސީލްތައް:

މާލެ ރަށްވެހިންނަށް ދޫކުރާ ގޯތީގެ ތަފްސީލް:

  • ފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް: 7،000
  • މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް: 1،000
  • ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް: 2،000

މި އޫސުލުގައިވާ ގޮތުން  މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ދޫކުރާނީ 3،000 ގޯއްޗެވެ. ބާކީ 2،000 ގޯތި ހާއްސަކޮށްފައިވަނީ ހާއްސަ ކެޓަގަރީތަކަށެވެ.

ހާއްސަ ކެޓަގަރީތައް:

  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތަކަށް: 500
  • މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް: 1،500

ފްލެޓްތަކުގެ ތަފްސީލްތައް:

މި ސިޔާސަތުގެ ދަށުން ދޫކުރާ ޖުމްލަ 7،500 ފްލެޓުގެ ތެރެއިން 5500 ފްލެޓް ވަނީ މާލޭ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ޚާއްޞަކުރެވިފަ އެވެ. އެގޮތުން މާލޭގެ ރަށްވެހިންނަށް 4،000 ޔުނިޓު ދޫކުރާއިރު، މާލޭގައި ރަށްވެހިވެފައިނުވާ ނަމަވެސް މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ޔުނިޓު ދޫކުރާނެ އެވެ.

މާލޭ ރަށްވެހިންނަށް ޚާއްޞަކުރެވުނު 4،000 ޔުނިޓު ބަހާލެވިފައިވާ ގޮތް:

  • އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 2،500 ޔުނިޓު
  • މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 1،000 ޔުނިޓު
  • ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 500 ޔުނިޓު

މީގެ އިތުރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޙާއްސަ އިސްކަންދެވޭ ކެޓަގަރީތަކެއް ކަނޑައަޅާ އެ ފަރާތްތަކަށް 2،000 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމާލެ ބޯހިޔާވަހިކަން ބޯހިޔާވަހިކަން އެންމެންނަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ