މެދުއިރުމަތީގެ ހާލަތުން ރާއްޖޭގެ އިގްތިސޯދަށް ކުރާނެ އަސަރު ސަރުކާރުން އަންނަނީ ބަލަމުން: މިނިސްޓަރު ޒަމީރު

Advertisement

އެންމެ ފަސް

Advertisement

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ކުރާ އަސަރުތައް ސަރުކާރުން ފުޅާ ދާއިރާއެއްގައި ބަލަމުުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވެފައި ވަނީ، ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާއި ކާބޯތަކެތި ލިބުން ކަށަވަރު ކުރުމާއި މާލީ ގޮތުން ގެންނަން ޖެހޭ ހަމަޖެހުންތައް ގެނައުމަށްޓަކައި ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކަމާ ގުޅޭ އިދާރާތަކާ އެކު ބާޒާރުގެ އަގުތަކާއި ބޭރުގެ ތެލާއި ވިޔަފާރީގެ މުއާމަލާތްތަކަށް އަންނަ ބަދަލުތައް ބަލައި ދިރާސާކުރަމުން އަންނަ ކަމަށެވެ.

ދިވެހިންގެ މަސްލަހަތު ރައްކާތެރިކުރުމަށާއި، މިފަދަ ކަންކަމަށް ތައްޔާރުވެފައި ތިބުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާ އިރު އިޒްރޭލުން އިރާނަށް ހަމަލާ ދިނުމާއި ގުޅިގެން އިރާނުން އަންނަނީ އިޒްރޭލަށް ރައްދު ހަމަލާ ދެމުންނެވެ. އަދި އެމެރިކާއިން އިރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާދީފަ އެވެ. އަދި މި ހަމަލާ އާ ގުޅިގެން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ރޭ ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް އިރާނުގެ ހަމަލާގެ ގަޑިއިރުތަކެއް ފަހުން އެ ގައުމުތަކުން ވަނީ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފަ އެވެ.

އިރާން އެމެރިކާ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ