މިނިމަމް ވޭޖް މުރާޖާކުރުމުގެ މަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ: މިނިސްޓަރު ހައިދަރު

Advertisement

އެންމެ ފަސް

Advertisement

މިނިމަމް ވޭޖް މުރާޖައާކުރުމަށް ކުރަންޖެހޭ ދިރާސާތައް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހައިދަރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު މައުރޫފު ސުވާލުކުރެއްވީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ކޮންމެ ދެ އަހަރަކުން މުރާޖައާކުރަންޖެހޭ މިނިމަމް ވޭޖް، 2022 ގެ ޖެނުއަރީއިން ފެށިގެން މިހާތަނަށް މުރާޖައާނުކޮށް ލަސްވަމުންދާތީ އެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ފުރަތަމަ މިނިމަމް ވޭޖު ކަނޑައެޅުނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން މިނިމަމް ވޭޖު މުރާޖައާ ކުރަންޖެހޭ ތާރީހަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 8 ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިދިޔަ ސަރުކާރުން މިނިމަމް ވޭޖުގެ ރިވިއުގެ މަސައްކަތް ނުކޮށްވާތީ މި މިނިސްޓްރީއާ މެންޑޭޓް ހަވާލުވި ހިސާބުން މި މަސައްކަތް ކުރުމަށްޓަކައި މިނިމަމް ވޭޖް ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތް ފަށައި، 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އާ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު ގާއިމުކުރެވުނު.

މިނިމަމް ވޭޖް މުރާޖައާކުރުމުގެ މަސައްކަތް ލަސްވެފައިވާ ސަބަބުތަކުގެ ތެރޭގައި ކުރީގެ ބޯޑުގެ ލިޔެކިޔުންތައް އާ ބޯޑާ ހިއްސާކުރުމަށް ވަގުތު ބޭނުންވުމާއި، މި މަސައްކަތުގައި އުޅުއްވި ޓެކްނިކަލް ގިނަ ބޭފުޅުންތަކެއް އެކި ސަބަބުތަކާހުރެ މަސައްކަތާ ދުރަށް ގޮސްފައިވުން ހިމެނޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ހައިދަރު އިތުރަށް ވިދާޅުވީ މިނިމަމް ވޭޖް ރިވިއުކުރުމުގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާދީފައިވާ ކަމަށާއި، މި މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ