ތެލާއި ގޭހުގެ އަގު މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ އޯގަސްޓް މަހު ތެލާއި ގޭހުގެ އަގުތައް މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު 1.46 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރުނު އެސެންޝަލް ކޮމޯޑިޓީސް ޕްރައިޒް އިންޑެކްސްއިން ހާމަވާ ގޮތުގައި ތެލާއި ގޭހުގެ އަގުތައް މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު ވަނީ 1.46 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޯގަސްޓް މަހު އަގުތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.

ކާބޯތަކެތީގެ އަގުތަކަށް ބަލާއިރު، މިއަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޯގަސްޓް މަހު 1.62 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. މީގެ ތެރޭގައި މޭވާގެ އަގުތައް 6.13 ޕަސެންޓް އަދި ތަރުކާރީގެ އަގުތައް 2.23 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު، މަހުގެ އަގުތައް 0.78 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.

އަހަރުން އަހަރަށް އަންނަ ބަދަލަށް ބަލާއިރު، ކާބޯތަކެތީގެ އަގުތައް 1.96 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. މިގޮތުން މޭވާގެ އަގުތައް 10.20 ޕަސެންޓް އަދި ތެޔޮ އަދި މެދުފަތީގެ ބާވަތްތަކުގެ އަގުތައް 5.34 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު، ތަރުކާރީގެ އަގުތައް 6.32 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.

ބުއިންތަކުގެ އަގުތަކަށް އައި ބަދަލުތަކަށް ބަލާއިރު، މިއަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޯގަސްޓް މަހު 0.23 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު ބުއިންތަކުގެ އަގުތައް 1.58 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. މީގެ ތެރޭގައި ކޮފީގެ އަގުތައް 8.22 ޕަސެންޓް އަދި މޭވާ އަދި ތަރުކާރީގެ ޖޫސްތަކުގެ އަގުތައް 6.97 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.

އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތަކެތީގެ އަގުތަކަށް ބަލާއިރު، މިއަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޯގަސްޓް މަހު 0.38 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު މި ބައިގެ އަގުތައް 4.33 ޕަސެންޓް މައްޗަށް ގޮސްފައިވާކަން ފާހަގަކުރެވެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ