ރިޓަޔަމަންޓް ޕެންޝަނަށް ކުރި ހޭދަ 11.6 އިންސައްތަ އިތުރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރު ދައުލަތުން ރިޓަޔަރމަންޓް ޕެންޝަނަށް ކުރި ހޭދަ 11.6 އިންސައްތަ އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދީފައިވާ މަޢުލޫމާތަށް ބިނާކޮށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޝާއިޢުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ރިޓަޔަރމަންޓް ޕެންޝަނަށް 165،544،921 ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި އަދަދަކީ 2023 ވަނަ އަހަރު ޚަރަދުކުރި 146،264،671 ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ތެރޭގައި ރިޓަޔަރމަންޓް ޕެންޝަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޖުލައި މަހުގައި ކަމަށްވާއިރު، އެ މަހު 17،217،469 ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މީގެއިތުރުން، މިދިޔަ އަހަރު އަސާސީ ޕެންޝަންގެ ގޮތުގައި 1،320،319،233 ރުފިޔާ ހޭދަކޮށްފައިވާއިރު، އެހެނިހެން ޕެންޝަނަށް 364،739،425 ރުފިޔާ ޚަރަދުކޮށްފައިވެ އެވެ. އަދި އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ އެލަވަންސްގެ ގޮތުގައި 93،669،343 ރުފިޔާ ޚަރަދުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ތަޢާރަފުކުރެވިފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން (ޑީސީ) ޕެންޝަން ސްކީމެކެވެ. މި ނިޒާމުގެ ދަށުން، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ އަދަދަކަށް ސްކީމަށް ފައިސާ ދައްކައި، އެ ފައިސާ އިންވެސްޓްކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވެ އެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ މައިގަނޑު އަމާޒަކީ މަސައްކަތްތެރިން ވަޒީފާ އަދާކުރާ މުއްދަތުގައި ފަހަށް ފައިސާ ރައްކާކޮށް، ރިޓަޔަރމަންޓަށްފަހު ކަނޑައެޅޭ އާމްދަނީއެއް ލިބޭނެ މަގު ފަހިކުރުމެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ޕެންޝަން އޮފިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ