އޯއައިސީގެ ބައްދަލުވުމަށް މިނިސްޓަރ ހަލީލް ކުރެއްވި ދަތުރު ނިންމަވާލައްވައިފި

Advertisement

އެންމެ ފަސް

Advertisement

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ބޭއްވި ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ތުރުކީގެ އިސްތަންބުލްއަށް ކުރެއްވި ދަތުރު ނިންމަވާލައްވައިފި އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޚަލީލް ވަނީ މުސްލިމް އުންމަތުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ހަރުދަނާކޮށް، ފިޔަވަޅު އެޅުމަށް ގޮވާލައްވާފަ އެވެ.

މިނިސްޓަރ ޚަލީލް ވަނީ ފަލަސްތީނަށް ކުރިމަތިވެފައިވާ ހާލަތާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. މިގޮތުން، ”އިސްރާއީލުން މެދުކެނޑުމެއްނެތި ޢައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވާފައިވެ އެވެ.

މީގެއިތުރުން، އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރައްވައި، އިޒްރޭލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށް ވެސް މިނިސްޓަރ ވަނީ ގޮވާލައްވާފަ އެވެ. އަދި މި ބައްދަލުވުމުގެ ތެރޭގައި ތަޖިކިސްތާނުގެ ފޮރިން މިނިސްޓަރާއެކު ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.

ރާއްޖެ - ތުރުކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ