މޯލްޑިވްސް 2.0، ކޮރަޕްޝަން ހުއްޓުވާ ދެފުށްފެންނަ ނިޒާމަކަށް ވާނެ: މިނިސްޓަރ އިހުސާން

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް 2.0، އަކީ ދެފުއްފެންނަ އެކައުންޓަބަލް ނިޒާމަކަށްވާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ މީޑިއާގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، އާޓިފިޝަލް އިންޓަލިޖެންސްގެ އެހީގައި ސާވިސްތައް ޑިޒައިން ކުރެވޭނީ މިނިމަމް ހިއުމަން އިންޓަނޭޝަންއާއި އެކުގައި ކަމަށެވެ.

”ކޮރަޕްޝަން އައް މަގުފައިވާ އެންމެ ބޮޑު އެއް ސަބަބަކީ ހިދުމަތަކަށް އެދިފަ އެތާހުންނަ ދަންނަ މީހާއައ،ް މި ގުޅަނީ އެހެންވީމަ އަޅުގަނޑުމެން މިނިމައިޒް ކުރާނަން ދަންނަ މީހާއައް ގުޅުމުގެ ބައި.“

ސިސްޓަމްގައި އިންޓަވޭޝަން ހެދޭން ހުރިހާ ދިމާލެއް އޮޑިޓްލޮގް މެދުވެރިކޮށް އޮޑިޓް ކުޜާނެ ކަމަށާއި، ސިސްޓަމަށް މީހަކު އިންޓަރވޭޝަނެއް ހަދައިފިނަމަ އެއީ ކާކު ކޮންއިރަކު ކުރި ކަމެއްކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، އާންމުކޮށް ކޮރަޕްޝަންގެ ކަންކަން ފެންނަނީ ދައުލަތުގެ ޕްރޮކިއުމެންޓް ޕްރޮސެސްގެ ތެރެއިން ކަމަށާއި، އަދި ހިދުމަތް ދިނުމުގައި ލަސްތަކެއް ކުރުވައިގެން ކަމަށެވެ.

”ބައިޑިޒައިން އަޅުގަނޑުމެންނަށް އޮބްޒާވް ކުރެވޭ އެ ހިދުމަތްތައް ދަސްކުރާކަން، ދަސްކޮށްފަ މީހުންގެ އަތުން ފައިސާ ހޯދައިގެން ދެން ހިދުމަތް ދޭނީ.“

މިނިސްޓަރ ވިދާޅުވީ، މިކަންކަން ނެތިގެންދާނީ މުޅި ސިސްޓަމް އެއްކޮށް ޑިޖިޓަލައިޒް ކޮށްގެން ކަމަށެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ”މޯލްޑިވްސް 2.0“ އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ.

”މޯލްޑިވްސް 2.0“ އަކީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމެއް ކަމަށާއި، މި ނިޒާމު ވެގެންދާނީ ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ޚިދުމަތުގެ ފެންވަރު މަތީ ނިޒާމަކަށް ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.

މިކަމުގެ ސަބަބުން ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ކަމަށާއި އަދި ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މޯލްޑިވްސް 2.0

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ