އިންނަމާދޫ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފި

Advertisement

އެންމެ ފަސް

Advertisement

ރ. އިންނަމާދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޕޯސްޓު ރަސްމީކޮށް ހުޅުވައިދެއްވީ މިކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ކުރި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ (ޑީސީޕީ ރިޓަޔާޑް) އަހުމަދު ސައުދީ އާއި އިންނަމާދޫ ކައުންސިލް މެންބަރުންނާއި މުވައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޕޮލިސް ޕޯސްޓަކީ 2.22 މިލިއަން ރުފިޔާގެ ހަރަދުގައި އެމްޓީސީސީން ނިންމާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޕޮލިސް ޕޯސްޓުގެ ސީލިން ހަރުކުރުމާއި، ޓައިލްސް ޖެހުން، ކަރަންޓު އަދި ޕްލަމްބިން މަސައްކަތްތައް ވަނީ ކޮށްފަ އެވެ. މީގެ އިތުރުން، އޭސީ ހަރު ކުރުމާއި، ބަދިގޭގައި ކަބަޑު ހަރުކޮށް ދަވާދު ލައި ސެނިޓަރީ މަސައްކަތްތައް ވެސް އެ ކުންފުނިން ވަނީ ފުރިހަމަކޮށްފަ އެވެ.

އިންނަމާދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމަކީ ރަށުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް އެމްޓީސީސީން ފާހަގަކުރެ އެވެ. 970 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރެވިގެން ދިއުމަކީ، ކުށް މަދުކުރެވި ރަށުގެ އިޖްތިމާއީ ތަރައްގީއަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރ. އިންނަމާދޫ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ