ރަނގަޅު ކުރަންޖެހިފައި މިއޮތީ ކުރީ ސަރުކާރުތަކުން ހޭވި ހަޑިތަކެއް: މެންބަރު މުފީދު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ރަނގަޅު ކުރަންޖެހިފައި މިއޮތީ ކުރީ ސަރުކާރުތަކުން ހޭވި ހަޑިތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވެއްޖެ އެވެ.

މެންބަރު މުފީދު މިހެން ވިދާޅުވެފައި ވަނީ، މިރޭ ކޮންގުރެސް ޕާޓީއިން ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުފީދު ވިދާޅުވީ، ދިވެހިންގެ ރާއްޖޭގެ އެންމެ ބޮޑު ހިކުމަތަކީ ޕްރޮޖެކްޓްތައް ނުހުއްޓި ތަރުތީބުވެފައިވާ ނިޒާމަކުން ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުން ކަމަށެވެ.

”މިއީ މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށްބޮޑު ނިއުމަތެއް، އެއީ ހަމަ ގައިމުވެސް ކުކުޅެއްގެ ކައިރިޔައް ހަނޑޫ މުށެއް އަޅާލީމާ ކުކުޅުތައް ހަދާނެ ގޮތަކީ، އެއީ ބާސްމަތީ ހަނޑު މުށެއްވިޔަސް ހާވާލާނީ. އެޔައް މިކިޔަނީ އުދަބާނީ ޖަހާލުން، އެހެން ހަދާފަ އޮތް މާޒީވެ ދިޔަ އަޅުގަނޑުމެންގެ ވެރިކަންތަކުގައިވާ ހާވާފައި އޮތް ހޭވުންތަކެއް މިއަދު އިސްލާހު ކުރަންޖެހިފައި މިއޮތީ.“ މެންބަރު މުފީދު ވިދާޅުވި އެވެ.

މީގެއިތުރުން މެންބަރު މުފީދު ވިދާޅުވީ، މި ސަރުކާރުގެ އިގްތިސާދު މެނޭޖު ކުރަން އިނގޭކަން ދޭހަވާ އެއްކަމަކީ މި ދައުލަތަށް ވާރުތަވި ބޮޑު ދަރަންޏެއްގެ ތެރެއިން، ލޯނު ދައްކަމުން އަލަށް ޕްރޮޖެކްޓްތައް ޕްލޭން ކުރަމުން ހިންގަމުން ނިންމަމުން ގެންދިއުން ކަމަށެވެ.

ބައެއް ފަހަރަށް ވެރިކަމުގެ އުންމީދު ކުރާބޭފުޅުން ނުވަތަ އެ މަގާމަށް ވާސިލުވުމަށްޓަކައި އުންމީދު ކުރުމަކީ ގޯހެއް ނޫން ކަމަށާއި، އެހެން ނަމަވެސް ގޯހަކީ ރާއްޖޭގެ ފަހުރުވެރި ދިވެހީންގެ ކުރިމަގަށް ހުރަސްއެޅުން ކަމަށް މެންބަރު މުފީދު ވިދާޅުވި އެވެ.

”އެއީ އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ، އަޅުގަނޑުމެންނަކަށް އެކަމަކަށް ހަޖަމު ކޮށްލައިގެނެއް ނުތިބެވޭނެ،“ މުފީދު ވިދާޅުވި އެވެ.

މެންބަރު މުފީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ގައުމު ތަރަށްގީކޮށް، އާރާސްތުކޮށް ދިވެހިން އެދޭ ތަރައްގީއާއި ހިސާބަށް ވާސިލުވާނެކަން ޔަގީން ކަމަށެވެ.

މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ޕީއެންސީ ހައުސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ