މަޖިލީހުގެ ނައިބު ރައީސް ނާޒިމް އަދި މެމްބަރު ސަލީމް މާލޭ ވިޔަފާރި ބަނދަރުގެ ހާލަތު ބައްލަވާލައްވައިފި

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އަދި އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް މިއަދު މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތްކުރައްވައި، ބަނދަރުގެ ހާލަތު ގާތުން ބައްލަވާލައްވައިފި އެވެ.

މި ޒިޔާރަތަކީ، ޤައުމުގެ އެންމެ މުހިއްމު އެއް އިޤްތިޞާދީ މަރުކަޒު ކަމަށްވާ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ހިނގާގޮތް ބައްލަވާލެއްވުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެއްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެ އެވެ.

މަޖިލީހުގެ ނައިބު ރައީސް ނާޒިމްއާއި މެންބަރު ސަލީމް ވަނީ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދަށް ވަޑައިގެން، ބަނދަރުގެ މަސައްކަތްތައް ހިނގާގޮތް ވަރަށް ގާތުން ބައްލަވާލައްވައިފަ އެވެ. މިގޮތުން، ބަނދަރުގެ ޚިދުމަތްތަކާއި، ކޮންޓެއިނަރުތައް ބޭލުމާއި އެރުވުމުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވަނީ ހޯއްދަވައިފަ އެވެ.

މި ޒިޔާރަތުގައި އެމްޕީއެލް ގެ މަސައްކަތްތަކާ ގުޅޭގޮތުން، އެމްޕީއެލްގެ ސީއީއޯ، ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްއިން ވަނީ އެ ދެ ބޭފުޅުންނަށް ތަފްޞީލު މަޢުލޫމާތު އަރުވައިފަ އެވެ. މި މަޢުލޫމާތުތަކުގެ ތެރޭގައި ބަނދަރުގެ ހާލަތު ރަނގަޅުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި، ކުންފުނީގެ މުސްތަޤްބަލުގެ ޕްލޭންތައް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ (ޑީސީޕީ ރިޓަޔާޑް) މުހައްމަދު ރިޝްވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ