”އޮކްޓޫބަރު 3 ގައި އެމްޑީޕީއަށް އެއްކަމެއްވެސް ނުވާނެ، މަގުތަކުގައި ހިނގިއްޔާ ކެނޑޭނީ ފައިވާނުގެ ވަދު“

Advertisement

އެންމެ ފަސް

Advertisement

އޮކްޓޫބަރު 3 ގައި އެމްޑީޕީއަށް އެއްވެސް ކަމެއް ނުވާނެކަމަށާއި މާލޭގެ މަގުތަކުގައި ހިނގިއްޔާ ކެނޑޭނީ ފައިވާނުގެ ވަދުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މެންބަރު އަބްދުއްސައްތާރު މިހެން ވިދާޅުވީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީން މިރޭ އެ ޕާޓީގެ ހަރުގޭގައި ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މެންބަރު ވިދާޅުވީ ޕީއެންސީގެ މެންބަރު އެއްވެސް ވަރަކަށް މާޔޫސްވާނެކަމެއް ނެތްކަމަށާއި އެމްޑީޕީއަށް އޮކްޓޫބަރު 3 ގައި މާލޭގެ މަގުތަކުގައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ތިޔަ ރައްޔިތުން އެއްގޮތަކަށްވެސް މާޔޫސްވެވަޑައިގަންނަވާނެ ކަމެއް ނެތް. މިއަންނަ އޮކްޓޫބަރު 3 ގައި އެމްޑީޕީއަކަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ މާލޭގެ މަގުތަގައި. މާލޭގެ މަގުތަކުގައި ހިނގިއްޔާ ކެނޑޭނީ ފައިވާނު ވަދު.

މެންބަރު އަބްދުއްސައްތާރު ވިދާޅުވީ ޕީއެންސީގެ ވެރިކަން އެމްޑީޕީއަށް ވައްޓާ ނުލެވޭނެ ކަމަށެވެ.

ތިޖަހާ ސަކަރާތަކުން ހަމަ ކަހެރުވަކެކޭވެސް އަޅުގަނޑުމެންނަށް ހިޔެއް ނުވާނެ.

މެންބަރު ވަނީ އެމްޑީޕީން އޮކްޓޫބަރު 3 ގައި ރާވާފައިވާ އެއްވުން މިހާރުން މިހާރަށް ކެންސަލްކޮށްލަން ޖެހޭ ކަމަށެވެ. އަދި އެފަދަ އެއްވުމަކުން ޕީއެންސީ މެންބަރުންގެ މޭ ތުރުތުރު ނާޅާނެކަމަށް މެންބަރު ވިދާޅުވި އެވެ.

ޕީއެންސީއަކީ އިންތިހާބުތަކަށް ވަރަށް ފަރިތަ ޕާޓީއެއް ކަމަށާއި ޕާޓީގެ ލީޑަރަކަށް ހުންނެވީ މިހާތަނަށް ވާދަ ކުރެއްވި ހުރިހާ އިންތިހާބެއް ކާމިޔާބު ކުރައްވާފައިވާ ހުންނެވި ބޭފުޅެއްކަމަށް މެންބަރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބު ޕީއެންސީ ކާމިޔާބު ކުރާނެކަމަށް މެންބަރު އަބްދުއްސައްތާރު ވިދާޅުވި އެވެ.

ހޮޅުދޫ ދައިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ކޮންގްރެސް ޕާޓީ އެމްޑީޕީ ޕީއެންސީ ހައުސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ