އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، އިންޖިނޭރުންގެ ދުވަސްކަމުގައި ހަމަޖައްސައިފި

Advertisement

އެންމެ ފަސް

Advertisement

މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފި އެވެ.

ރައިީސް އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ދެން މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މިދުވަސް ކުލަގަދަކޮށް ފާހަގަ ކުރާނޭ ކަމަށެވެ.

އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ އާއި އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް މުއިއްޒަކީ އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަރސިޓީގައި ސިވިލް އިންޖީނިއަރިންގގެ ދާއިރާއިން، ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މަޝްރޫޢުތައް ރާވައި ހިންގުމުގައި ދުނިޔޭގެ ފެންވަރުގައި އެންމެ އިތުބާރުހުރި ސަނަދުދޭ އެއް މުއައްސަސާކަމުގައިވާ އެމެރިކާގެ ޕްރޮޖެކްޓް މެނޭޖްމަންޓް އިންސްޓިޓިއުޓުން، ޕްރޮޖެކްޓް މެނޭޖްމަންޓް ޕްރޮފެޝަނަލް (ޕީއެމްޕީ) ސެޓްފިކެޓްވެސް އެމަނިކުފާނު ވަނީ ޙާޞިލްކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިނަމާލެ ބްރިޖް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ