ތިން ޤައުމަކުން ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފި

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ މިހާތަނަށް ތިން ޤައުމަކުން ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،021،280 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތަ އިތުރު އަދަދެކެވެ.

އަހަރުގެ ފުރަތަމަ ފަސް މަހު ޓޫރިސްޓުން އައި އަދަދުތައް:

  • ޖެނުއަރީ – 214،863 ޓޫރިސްޓުން
  • ފެބްރުއަރީ – 214،091 ޓޫރިސްޓުން
  • މާރޗް – 203،468 ޓޫރިސްޓުން
  • އެޕްރީލް – 198،322 ޓޫރިސްޓުން
  • މެއި – 135،614 ޓޫރިސްޓުން

މި މަހުގެ ފުރަތަމަ 11 ދުވަހު 54،922 ޓޫރިސްޓުން ވަނީ ރާއްޖެއައް ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 40،153 ޓޫރިސްޓުންނެވެ. އަހަރުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލަކު 6،304 ޓޫރިސްޓުން އާދެ އެވެ.

އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތަކަކީ:

  • ޗައިނާ – 122،741 ޓޫރިސްޓުން (12 އިންސައްތަ)
  • ރަޝިއާ – 113،741 ޓޫރިސްޓުން (11.1 އިންސައްތަ)
  • އިނގިރޭސިވިލާތް – 102،387 ޓޫރިސްޓުން (10 އިންސައްތަ)
  • އިޓަލީ – 83،318 ޓޫރިސްޓުން (8.2 އިންސައްތަ)
  • ޖަރުމަނުވިލާތް – 78،140 ޓޫރިސްޓުން (7.7 އިންސައްތަ)

ރާއްޖެއަށް ޒިޔާރަތްކުރި 72 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގަ އެވެ. އެއީ 734،970 ޓޫރިސްޓުންނެވެ. ގެސްޓް ހައުސްތަކުގައި 22.8 އިންސައްތަ އަދި ހޮޓާތަކުގައި 2.8 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރި އެވެ. ސަފާރީތަކުގައި ޗުއްޓީ ހޭދަކުރީ 2.4 އިންސައްތަ ޓޫރިސްޓުންނެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ