މިއަހަރު މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފި

Advertisement

އެންމެ ފަސް

Advertisement

މި އަހަރު މިހާތަަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1،202،262 އަށް އަރާފަ އެވެ.

އެގޮތުން މި މަހުގެ އެއްވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށް 94،132 ފަތުރުވެރިން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 81،631 ފަތުރުވެރިންނެވެ.

މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ.

ރައްޖެއައް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު:

  • ޗައިނާ – 165،134 ފަތުރުވެރިން
  • ރަޝިއާ – 140،298 ފަތުުރުވެރިން
  • އިނގިރޭސިވިލާތް – 115،133 ފަތުުރުވެރިން
  • އިޓަލީ – 89،951 ފަތުުރުވެރިން
  • ޖަރުމަނު – 86،927 ފަތުުރުވެރިން
  • އިންޑިއާ – 71،508 ފަތުުރުވެރިން

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 875،326 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 267،378 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 32،812 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 25،879 ފަތުރުވެރިން ޗުއްޓީ ހޭދަކުރި ކަމަށްވެސް ތަފާސްހިސާބުން ދައްކަ އެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަންގައި 183 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓެލަކާއި، 880 ފަތުރުވެހިގެ އިތުރުން، 159 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ