ފަސް މިލިއަން ގަސް އިންދުން: ސްޓެލްކޯއިން ހަފްތާ ބަންދުތަކުގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ވަޢުދު ފުރިހަމަކުރުމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިންދަން ހަމަޖެހިފައިވާ 5 ލައްކަ ގަސް އިންދުމަށް ހަފްތާ ބަންދުތަކުގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ފަށައިފި އެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަމާޒަށް ވާސިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދުތަކުގައި ގަސް އިންދުމުގެ ޚާއްސަ ހަރަކާތްތަކެއް ދަނީ ކުރިއަށް ގެންދަމުންކަމަށް ފަހުމީ ވިދާޅުވި އެވެ.

”މާތްﷲގެ އިރާދަފުޅާއެކު ރައީސްގެ ވަޢުދު ފުއްދެވުމަށް ސްޓެލްކޯއިން އަމާޒުހިފާފައިވާ ގޮތަށް ފަސްލައްކަ ގަސް އިންދިގެންދާނެ“ ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޖުމްލަ 565،890 ގަސް އިންދައިފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ދާދި ފަހުން ވަނީ ހަމަކޮށްފަ އެވެ. މި މަޝްރޫޢުގެ ދަށުން އިންދަންޖެހެނީ 5 މިލިއަން ގަސްކަމަށްވީނަމަވެސް، މިހާތަނަށް އެކި ކުންފުނިތަކުންނާއި އިދާރާތަކުން ވަނީ 6،331،100 އިންދަން ވައުދުވެފައި ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ޑިސެންބަރު 1 ވަނަ ދުވަހު ބޭއްވުނު ކޮޕް-28 ސަމިޓުގައި ދެއްވި ތަގުރީރުގައި އިޢުލާންކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

މި މަޝްރޫޢުގެ ދަށުން އިންދާ ގަސްތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ކާބަން ނިއުޓްރަލް ޤައުމަކަށް ވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަސް މިލިއަން ގަސް އިންދުން ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ