މެނިންގޯކޮކަލް ބަލީގެ އިތުރު ކޭސްއެއް އަދި ނުފެނޭ: އެޗްޕީއޭ

Advertisement

އެންމެ ފަސް

Advertisement

ގައިން ގަޔަށް އަރާ ”އިންވޭސިވް މެނިންގޯކޮކަލް“ ގެ ކޭސް އެއް ރާއްޖެއިން ފެނިފައިވާއިރު، އަދި މިހާތަނަށް އިތުރު ކޭހެއް ރިކޯޑް ކުރެވިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން އިއްޔެ އިއުލާންކުރި ގޮތުގައި، މެލޭޝިއާއަށް ކުރި ދަތުރަކަށް ފަހު ރާއްޖެ އައި 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މި ބަލީގެ ސަބަބުން ނިޔާވެފަ އެވެ. މި މައްސަލައާ ގުޅިގެން އެޗްޕީއޭއިން ވަނީ ބަލީގެ މައުލޫމާތު އެއްކުރުމާއި، ބަލި ޖެހުނު ފަރާތާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

އެޗްޕީއޭގެ ފަރާތުން މިއަދު ހާމަކުރި ގޮތުގައި، ”ގާތުން އެއްތާވި މީހުން ހޯދުމާއި މޮނިޓަރިންގގެ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ. އަދި މިވަގުތާ ހަމައަށް އިތުރު އެއްވެސް ފަރާތަކަށް މި ބަލި ޖެހިފައި ނުވާކަން ފާހަގަކުރަމެވެ.“

އިންވޭސިވް މެނިންގޯކޮކަލް

އިންވޭސިވް މެނިންގޯކޮކަލް އަކީ ބެކްޓީރިއާއަކުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ރާއްޖޭގައި މީގެ ކުރިން ފެނިފައިވާ މަދު ކޭސްތަކަކީވެސް ގިނަފަހަރަށް ރާއްޖެއިން ބޭރުން އައިސްފައިވާ ކޭސްތަކެކެވެ. މި ބައްޔަށް ފައްސިވާ ފަރާތްތަކުގައި ހުން އައުމާއި، ހަމުގައި ރަތް ބިހި ނެގުމާއި، ބޮލުގައި ރިއްސުން ފަދަ އަލާމާތްތައް ފެނެއެވެ.

މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހަކާ ގާތުން ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ބަލި ޖެހޭތާ 1 އާއި 10 ދުވަހާ ދެމެދުގެ މުއްދަތެއްގައެވެ. މި ބަލީގައި ބޮޑުވަރުވެއްޖެނަމަަަަ، ސިކުނޑިއަށް އަސަރުކޮށް މެނިންޖައިޓިސް ޖެހުމާއި، މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރި ސެޕްސިސް ޖެހުމުގެ ފުރުސަތު އޮވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ