މުސްލިމުން އެކަކު އަނެކަކަށް އެހީތެރިވުމަކީ، އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް

Advertisement

އެންމެ ފަސް

Advertisement

މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ އަމާން މުޖުތަމައުއެއް ބިނާކުރެވޭނީ އެކުވެރިވެ އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ކިޔާފައިވަނީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްޗަށެވެ.

ޚުތުބާގައި ބުނި ގޮތުގައި އެކުވެރިކަމާއި އުޚުއްވަތްތެރިކަމަކީ، ހިތުގައި އުފެދޭ ހަމްދަރުދީއާއި ލޯބީގެ މާތް ޝުޢޫރެކެވެ. މިއީ، އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިވުމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެކެވެ. ”ތެދުވެރި އުޚުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުމުގެ ސަބަބުން، އެހީތެރިވުމާއި އިޙުސާސްތައް ދެނެގަތުމާއި އަމިއްލަ ނަފުސަށްވުރެ އަނެކާއަށް އިސްކަން ދިނުމާއި، މަޢާފުކުރުން ފަދަ ރިވެތި އަޚުލާޤީ ސިފަތައް އަށަގަންނަ“ ކަމަށް ޚުތުބާގައި ބަޔާންކުރި އެވެ.

ޚުތުބާގައި ޚާއްޞަ އަހަމިއްޔަތުކަމެއް ދެއްވާފައިވަނީ މުޖުތަމަޢުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށެވެ. މިގޮތުން ތެލެސީމިއާ ކުދިންނާއި، ޔަތީމު ކުދިންނާއި، އަޅާލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކަމާއެކު އެހީތެރިވުމުގެ މުހިންމުކަން ފާހަގަކުރި އެވެ. އަދި ކޮންމެ މުސްލިމަކީވެސް އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގެ ބައެއްކަން ފާހަގަކުރައްވައި، އެއް ގުނަވަނަށް ޖެހޭ ވޭނުގައި އެހެން ގުނަވަންތައްވެސް ބައިވެރިވާންޖެހޭ ފަދައިން، މުސްލިމުންގެ ހިތާމައިގައި އެންމެން ބައިވެރިވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޚުތުބާ ނިންމަވާލެއްވީ، މީސްތަކުންނަކީ ފޭރާމެއްގެ ރޮދިތަކެއް ފަދައިން އެކަކު އަނެކަކާ ގުޅިލާމެހިފައިވާ ބައެއްކަން ފާހަގަކުރައްވައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެ، އޯގާތެރިކަމާއެކު މުޖުތަމަޢު ބިނާކުރުމަށް ގޮވާލަމުންނެވެ. އަދި އަޚުންގެ ބޭނުންތައް ފުއްދައިދިނުމުގައި މާތްﷲ ދެމިވޮޑިގެންވާނެކަން ހަނދާންކޮށްދިންނެވެ.

ހުކުރު ހުތުބާ ދީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ