5 މިލިއަން ގަހުގެ ތެރެއިން މިހާތަނަށް 565،890 ގަސް އިންދައިފި

Advertisement

އެންމެ ފަސް

Advertisement

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޖުމްލަ 565،890 ގަސް އިންދައިފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އިންދަންޖެހެނީ 5 މިލިއަން ގަސްކަމަށްވީނަމަވެސް، މިހާތަނަށް އެކި ކުންފުނިތަކުންނާއި އިދާރާތަކުން ވަނީ 6،331،100 އިންދަން ވައުދުވެފައި ކަމަށެވެ. އެގޮތުން:

  • ރޯސް ވުޑް އިން 1،478،244 ގަސް
  • އެޗްޑީސީ އާއި އެމްޕީއެލް އިން އެއް މިލިއަން ގަސް
  • އެސްޑީއެމް ފާމް އިން 750،000 ގަސް،
  • ސްޓެލްކޯ އިން 600،000 ގަސް
  • އާރްއޭސީއެލް އިން 500،000 ގަސް

މީގެ އިތުރުން އެހެނިހެން ފަރާތްތަކުން ވަނީ 1،002،856 ގަސް އިންދުމަށް ވައުދުވެފަ އެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ޑިސެންބަރު 1 ވަނަ ދުވަހު ބޭއްވުނު ކޮޕް-28 ސަމިޓުގައި ދެއްވި ތަގުރީރުގައި އިޢުލާންކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

މި މަޝްރޫޢުގެ ދަށުން އިންދާ ގަސްތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ކާބަން ނިއުޓްރަލް ޤައުމަކަށް ވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަސް މިލިއަން ގަސް އިންދުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ