މެންބަރުން ގޮނޑީގެ މައްސަލައިގައި އުއްތަމަ ފަނޑިޔާރު ގުޅުއްވިކަމަށް ބުނާ ވާހަކަ ނަޝީދު ދޮގުކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮނޑިގެއްލޭނެ ހާލަތުތައް ބަޔާންކޮށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ގުޅުއްވި ކަމަށްބުނެ ފެތުރޭ ޚަބަރުު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޮގުކުރައްވައިފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރައީސް މުހައްމަދު ނަޝީދުއާ މުއާމަލާތްކުރި ކަމަށްބުނެ ރާއްޖެ.އެމްވީ އިން މޭ 26 ވަނަ ދުވަހު ޝާޢިއުކޮށްފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަމަށެވެ.

”އަލިފުން ޔާޔަށް އޭގައި އެހެރަ ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު،“ ރައީސް ނަޝީދުއާ ހަވާލާދެއްވާ އެމަނިކުފާނުގެ އޮފީހުން ބުނެފައިވެ އެވެ.

މި ބަޔާނުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކުވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިޔަތުތަކާއި ވާޖިބުތައް އުފުއްލަވާ ބޭފުޅެއްކަމާމެދު ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

މި ބަޔާން ހިއްސާކުރައްވާ ރައީސް ނަޝީދު އެއްކަސްގައި ވަނީ، މިބާވަތުގެ ”ބޮޑުވެގެންވާ ފިތުނަވެރި ދޮގު ވާހަކަ“ ފެތުރުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

ރާއްޖޭގެ މީޑިއާއަކުން މިއަދު ރިޕޯޓްކުރި ޚަބަރެއްގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ހުށަހަޅާފައިވަނީ، ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވުމުން، އުއްތަމަ ފަނޑިޔާރު ރައީސް ނަޝީދަށް ފޯނުން ގުޅުއްވުމަށްފަހު އެ ވާހަކަ ދެއްނެވި ކަމަށް ތުހުމަތުކޮށެވެ. އުއްތަމަ ފަނޑިޔާރުގެ މިފަދަ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައިވާކަމެއް ނުވަތަ އެފަދަ މައްސަލައެއް ބަލަމުން އަންނަކަމެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.

މިފަހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބެލުމަށްފަހު މައްސަލަ ސާބިތުވާކަމަށް ކަނޑައެޅުމުން މަޖިލީހުން ވަނީ އެ ދެ ފަނޑިޔާރުންވެސް މަގާމުން ވަކިކޮށްފަ އެވެ.

ރައީސް މުހައްމަދު ނަޝީދު އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ