ތޫފާނަށްފަހު ސްރީލަންކާއަށް އައިއެމްއެފް ޕްރޮގްރާމާ އެއްގޮތަށް ކުރިއަށްދާން ދަތިވާނެ: ނަޝީދު

Advertisement

އެންމެ ފަސް

Advertisement

ތޫފާނަށްފަހު ސްރީލަންކާއަށް އައިއެމްއެފް ޕްރޮގްރާމާ އެއްގޮތަށް ކުރިއަށްދާން ދަތިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ، ތޫފާން ”ޑިޓުވާ“ އާ ގުޅިގެން ލަންކާއަސް އެކިވަރުގެ ގެއްލުންތައް ވަމުންދާތީ އެކަންކަމާއި ލަންކާގެ ދަރަނީގެ ހަލާތާއި ގުޅުވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެޕޯސްޓްގައި ނަޝީދު ވިދާޅުވެފައި ވަނީ، 2022 ވަނަ އަހަރު ސްރީލަންކާއަށް މާލީ ކާރިސާއެއް ކުރިމަތިވުމާ ގުޅިގެން މަސްތަކެއްގެ މަޝްވަރާތަކަށްފަހު އައި.އެމް.އެފް އިން ލަންކާއަށް 4 އަހަރުގެ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީއެއް އެޕްރޫވްކުރި ކަމަށެވެ. ނަމަވެސް ޑެޓް ސަސްޓެއިނަބިލިޓީ އެނަލިސިސް (ޑީއެސްއޭ) ގައި މޫސުމީ ކާރިސާތަކުގެ އަސަރުތައް ހިމެނިފަ ނުވާކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

އެހެންކަމުން މިހާރުގެ މޫސުމީ ކާރިސާތަކަށްފަހު ސްރީލަންކާއަށް މިހާރު އައި.އެމް.އެފް ޕްރޮގްރާމާ އެއްގޮތަށް ކުރިއަށް ދިއުމަކީ ދަތިކަމަކަށް ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ޖެނެރަލް ސެކްރަޓަރީގެ މަގާމުވެސް އަދާކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޑެޓް ސަސްޓެއިނަބިލިޓީ އެނަލިސިސް އިސްލާހުކުރަން ޖެހޭކަމަށް ސީވީއެފް އިން ވަކާލާތު ކުރަމުންދާ ކަމަށެވެ. އަދި މޫސުމީ ކާރިސާތަކާ ގުޅިގެން ދަރަނި އޮޓޮމެޓިކުން ވަގުތީ ގޮތުން ހުއްޓާލެވޭނެ ގޮތަށް ޖީ20 ކޮމަން ފްރޭމްވޯކް އިސްލާހުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ލަންކާ އިގްތިސާދީގޮތުން އަނދަވަޅަކަށް ވެއްޓުމުން 2022 ވަނަ އަހަރު، އޭރު ލަންކާގެ ބޮޑުވަޒީރަކަށް ހުންނެވި ރަނިލް ވިކްރަމަސިންހަ ވަނީ ލަންކާއަށް އެހީ ހޯދުމުގެ މަސައްކަތް ރައީސް ނަޝީދާ ހަވާލުކުރައްވާފަ އެވެ. އެގޮތުން 2022 ވަނަ އަހަރުގެ ކޮޕް ސަމިޓްގައިވެސް ރައީސް ނަޝީދު ލަންކާ ތަމްސީލު ކުރެއްވި އެވެ.

ރައީސް މުހައްމަދު ނަޝީދު ރާއްޖެ - ލަންކާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ