ހުޅުމާލޭގައި 1964 ހަތަރު ފުރޮޅުލީ ވެހިކަލް ޕާކު ކުރެވޭނެ ވަގުތީ ޖާގަ ހަމަޖައްސައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭ ސަރަހައްދުގައި ދިމާވެފައިވާ ވެހިކަލް ޕާކިންގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި ވަގުތީ ޕާކިން ސަރަހައްދުތަކެއް ކަނޑައަޅައިފި އެވެ.

މި މަސައްކަތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިގޮތުން ކަނޑައެޅުނު ސަރަހައްދުތަކުގައި ޖުމްލަ 1964 ހަތަރު ފުރޮޅުލީ ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ވަނީ ކަނޑައަޅާފަ އެވެ.

ކަނޑައެޅުނު ވަގުތީ ޕާކިން ސަރަހައްދުތަކާއި ޖާގަތައް

ވަގުތީ ޕާކިން ސަރަހައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ތަފްސީލު ތިރީގައި މިވަނީއެވެ:

  • މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދު: 115 ޖާގަ
  • ގާޒީ ސްކޫލު ސަރަހައްދު: 254 ޖާގަ
  • ހިޔާ ޓަވަރު-16 ސަރަހައްދު: 1233 ޖާގަ
  • ވިނަރެސް ސަރަހައްދު: 362 ޖާގަ
ހުޅުމާލޭގާއި ވެހިކަލް ޕާކްކުރާނެ ވަގުތީ ޖާގަ ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެޗްޑީސީން ބުނި ގޮތުގައި ވަގުތީ ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމާއި، މަގުތަކުގައި ވެހިކަލްތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުމެވެ. މާލޭ ސަރަހައްދުގައި ޕާކިންގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ހުޅުމާލެއިން މިފަދަ ބޮޑު ޖާގައެއް ހަމަޖެއްސުމަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީީސީން ބުނި ގޮތުގައި މި ވަގުތީ އިންތިޒާމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ވެހިކަލްތަކަށާއި މަގު ބޭނުންކުރާ ހުރިހައި ފަރާތްތަކަށްވެސް ލުއިފަސޭހަވެ، ލިބޭ ރައްކާތެރިކަން ބޮޑުވާނެ އެވެ. އަދި މާލެ ސަރަހައްދުގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ހުޅުވާލި ވަގުތީ ޕާކިން ސަރަހައްދުތަކުގެ ސަބަބުން އުޅަނދު ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވާނެކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގާއި ވެހިކަލް ޕާކްކުރާނެ ވަގުތީ ޖާގަ ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެޗްޑީސީން ބުނި ގޮތުގައި ވެހިކަލް ޕާކުކުރުމަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޕާކިން ބިލްޑިންގ ތަކެއް ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން ކަމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ