އެމްޑީޕީ ގެ ކޯޅުން: ޅެން ބައިތަކުން ސުވާލު އުފެއްދީ އެއްބައިވުމަކީ މަކަރަށް ނުވާނެތޯ؟

Advertisement

އެންމެ ފަސް

Advertisement

އިދިކޮޅު އެމްޑީޕީ މިވަގުތު ދަނީ އުނދަގޫ ދުވަސްތަކެއް ތަޖުރިބާ ކުރަމުންކަމަށާއި މިހާލަތުން އަރައިގަނެވޭނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޅެން ބައިތަކުން އެމްޑީޕީގެ ހާލަތު ސިފަކޮށްދެއްވައި ކުރީގެ ރައީސް ނަޝީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ އެމްޑީޕީ މިވަގުތު ތަޖުރިބާ ކުރަނީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އަދި އެ ޕާޓީ އިން މި ހާލަތުން އަރައިގަންނާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

1933 ވަނަ އަހަރު ހިނގި މޮޓަރު ބޯޓުގެ ގަޑުބަޑު ހަނދާން ކޮށްދެއްވައި ނަޝީދު ވިދާޅުވީ މިއަދު އެމްޑީޕީ ގެ ވަރަށް ގިނަ މެންބަރުން ބުނަމުން ދަނީ މުހިންމީ ޕާޓީގެ ޔުނިޓީ ކަމަށެވެ.

”މޮޓަރު ބޯޓުގެ ގަޑުބަޑު (1933) ގައި އަމީން ދީދީ ވިދާޅުވީ އެންމެ މުހިންމީ ކެބިނެޓް ގެ ޔުނިޓީ ކަމަށް. ކެބިނެޓް ގެ އެކަކަށް ލިބޭ ގެއްލުމެއް އަނެކަކަށް ވެސް ލިބެން ޖެހޭ ކަމަށް. ފަހުން ދެ ފަރީދު އާއި އަމީން ނޫން އެންމެން ޖެހުނީ މޮޓަރު ބޯޓުގައި ކޮޅުނބަށް ދާން. ދެން އެތާ ކެބިނެޓް އެއް އަހަރު ތިބި.“ ނަޝީދު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެ ދުވަސްވަރު ދަރަވަންދޫގޭ ހުސައިން ސަލާހުއްދީން ލިޔުއްވި ޅެން ބައިތެއް މިވަތުގު މުނާސިބު ކަމެއް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ނަޝީދު ވަނީ އެ ޅެންބައިތު ވެސް ހިއްސާކުރައްވާފައެވެ.

”އުނިކަން ނުވާ މާތް ދޫފުޅުން، އެދުވަހު ވިދާޅުވީ
ޔުނިޓީއަކީ ފަހެ ހަސަދަޔާ މަކަރަށް ނުވާނެބާ؟“

ނަޝީދު އެމްޑީޕީގެ ކޯޅުން ޅެންބައިތަކުން ސިފަކޮށްދެއްވާފައިވާއިރު އެމްޑީޕީގެ ޗެއާޕާސަން ގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް ވަނީ ކުއްލި ގޮތަކަށް މި ފަހުން އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލުކުރާނެ ފަރާތެއް ހޮވުމަށް ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ގެންދިޔަ އެވެ. އެ ބައްދަލުވުން ހޫނުވެ ނިންމާލީ އެ މަގާމަށް މީހަކު އައްޔަނު ނުކުރެވި އެވެ.

އެ މަގާމަށް ދެ ނަމެއް ހުށަހެޅި އެވެ. އެއީ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދުއާއި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމެވެ. ނަމަވެސް އަސާސީ ގަވާއިދު އޮތް ގޮތުން ވަގުތީ ޗެއާޕާސަނަކަށް ކުރިމަތިލެވޭނީ ގައުމީ މަޖިލިސްގެ މެންބަރަކަށް ކަމަށް އެމްޑީޕީގެ ލީގަލް ޓީމުން ލަފާ ދިނުމުން ވޯޓަށް އެހީ އަބްދުﷲ ވަހީދުގެ ނަން އެކަނި އެވެ.

ރިޔާސަތުން އިއުލާނު ކުރީ ވަހީދަށް ލިބުނީ 47 ވޯޓު ކަމަށާއި މަގާމަށް ހޮވެން 48 ވޯޓު ބޭނުންވާ ކަމަށެވެ. އެއާއެކު މަޖިލިސް ހޫނުވެ ބައެއް މެންބަރުން އަބްދުﷲ ވަހީދު އިންތިހާބުވެފައިވާ ކަމަށް ގޮވަމުން ދިޔަ އެވެ.

ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ