އެފްއެސްއެމްއަށް 25 އަހަރު ފުރުމާއި ދިމާކޮށް ގިނަ ހަރަކާތްތަކެއް، މިއަދު އާއިލީ ހަވީރެއް

Advertisement

އެންމެ ފަސް

Advertisement

ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން އާންމުންނަށް ހާއްސަކޮށްގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ޑަކުދިންގެ ބަގީޗާގައި އާއިލީ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

އެފްއެސްއެމްގެ 25 އަހަރުގެ ޔޫބީލް ފާހަގަކުރުމުގެ ގޮތުން މި އަހަރު ތެރޭގައި ބާއްވާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަރަކާތަކީ މި އާއިލީ ހަވީރެވެ. މި ހަރަކާތް އިންތިޒާމްކުރަނީ އެފްއެސްއެމްގެ ފިއުލް ރިކްރިއޭޝަން ކްލަބާއި ކުންފުނީގެ އެންމެހާ ޑިޕާޓްމަންޓްތަކުގެ އެހީތެރިކަމާ އެކުގަ އެވެ.

މިއަދު ހަވީރު 4 އިން 6 އަށް ކުރިއަށްދާ މި ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަ އެކި ކުޅިވަރުތަކާއި ގޭމްތައް ކުޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މީގެ ތެރޭގައި ފޭސް ޕެއިންޓިންގް، ކޭކް ޑެކަރޭޝަން، ގޯލް ޝޫޓިންގް، ބޯޓް ޕެއިންޓިންގް އަދި ސްނޭކް އެންޑް ލެޑާރ ފަދަ ކުޅިވަރުތައް ހިމެނެ އެވެ.

މީގެ އިތުރުން މި ހަވީރުގައި ޓްރާންސްފޯމާޒްއާ ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުސަތާއި އެކި ހަދިޔާތައް ހޯދުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބިގެންދާނެ އެވެ. އެފްއެސްއެމްގެ އުންމީދަކީ ވީހާވެސް ގިނަ ފަރާތްތަކުން އެ ފަރާތްތަކުގެ އާއިލާތަކާއެކު މި ހަވީރުގައި ބައިވެރިވުމެވެ.

އެފްއެސްއެމްގެ 25 އަހަރުގެ ޔޫބީލް ފާހަގަކުރުމުގެ ގޮތުން މި އަހަރު ތެރޭގައި ރަށްރަށުގެ ކޮމިއުނިޓީ ލައިބްރަރީތައް ގާއިމްކުރުމާއި، ގަސް އިންދުމުގެ ޕްރޮގްރާމްތަކާއި އެންޖީއޯތަކާ ގުޅިގެން އެކި ސީއެސްއާރް ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.

އެފްއެސްއެމްއަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފުރިހަމަ މިލްކިއްޔާތުގައިވާ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި 2000 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު އުފެދުނު ކުންފުންޏެކެވެ.

އެފްއެސްއެމް އުފެދުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ތެލުގެ ޚިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ތެލާއި ގުޅުންހުރި ޚިދުމަތްތަކާއި އުފެއްދުންތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އެ ކުންފުނިން ފޯރުކޮށްދޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ތެޔޮ ވިއްކުމާއި، ޑިސްޓްރިބިއުޝަން، ތެޔޮ ރައްކާކުރާ ތަންތަން ބެލެހެއްޓުމާއި، ތެލާއި ގުޅުންހުރި ޚިދުމަތްތަކުގެ ކޮންސަލްޓަންސީ ހިމެނެ އެވެ. މީގެ އިތުރުން، ތެލާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައްވެސް މި ކުންފުނިން ފޯރުކޮށްދެ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި، އެފްއެސްއެމްއިން ވަނީ ކަސްޓަމަރުންގެ އިތުރުވަމުންދާ ބޭނުންތައް ފުއްދައިދިނުމަށްޓަކައި، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި އެންމެ ރަނގަޅު އުސޫލުތައް ހިމެނޭ ވަރުގަދަ ޑިސްޓްރިބިއުޝަން އިންފްރާސްޓްރަކްޗަރއެއް ޤާއިމްކޮށްފަ އެވެ. މިކަމުގެ ސަބަބުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ތެލުގެ ޚިދުމަތް ލިބެމުންދެ އެވެ.

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ