ސްޓެލްކޯ ކައިރީ އެފްއެސްއެމް ޝެޑުގެ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފި

Advertisement

އެންމެ ފަސް

Advertisement

ފިއުލް ސަޕްލައިސް މޯލްޑިވްސް، އެފްއެސްއެމް ސްޓެލްކޯ ކައިރީ ޝެޑުގެ ޚިދުމަތްތަކަށް ވަގުތީގޮތުން ބަދަލުތަކެއް ގެނެސްފި އެވެ.

އެޕްއެސްއެމުން ބުނީ، މިއަދުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އީޒީފިލް 01 (ސްޓެލްކޯ) ޝެޑުގައި ހެނދުނު 10:00އިން ފެށިގެން މެންދަމު 01:00އާ ހަމައަށް ޚިދުމަތް ދެމުންދާނީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކަމަށެވެ.

މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ، އީޒީފިލް 01 (ސްޓެލްކޯ) ޝެޑުގައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ކަމަށްވެސް އެޕްއެސްއެމުން ބުނެފައިވެ އެވެ.

ނަމަވެސް މެންދަމު 01:00އިން ފެށިގެން ހެނދުނު 10:00އާ ހަމައަށް ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ސައިކަލްތަކަށްވެސް ޚިދުމަތް ދެމުންދާނެކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އީޒީފިލް 01 (ސްޓެލްކޯ) ޝެޑުގައި މިގޮތަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާވީނަމަވެސް މާލޭގައި ހުންނަ އެފްއެސްއެމްގެ އެހެން ޝެޑުތަކުން ދަންވަރު 01:00އާ ހަމައަށް ސައިކަލްތަކަށްވެސް ޚިދުމަތް ދެމުންދާނެކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ