ފެބްރުއަރީން ފެށިގެން ހަމަށް ތެޔޮ އަޅައިދޭނީ ލޯންޗުގެ ރެޖިސްޓްރީއަށް ބެލުމަށް ފަހު: އެފްއެސްއެމް

Advertisement

އެންމެ ފަސް

Advertisement

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މާލެ އަދި ހުޅުމާލޭގައި ހިންގާ ޕެޓްރޯލް ޝެޑުތަކުން ފުޅިއަށާއި ހަމަށް ތެޔޮ އަޅައިދޭ އުސޫލަށް ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

މި ބަދަލުތައް ގެންނަން ނިންމާފައިވާކަން އެފްއެސްއެމްއިން ހާމަ ކުރީ މިއަދު އެ ކުންފުނިން ނެރުނު ނޯޓިސްއެއްގަ އެވެ.

ގެންނަން ނިންމާފައިވާ ބަދަލުތައް:

  • ފުޅިއަކަށް ކަސްޓަމަރަކަށް ދޫކޮށްދެވޭނީ ދުވާލަކަށް 3 ލީޓަރު.
  • ފުޅިއަށް ތެޔޮ އަޅައިދެވޭނީ ކަސްޓަމަރެއްގެ އައިޑީ ކާޑު ހުށަހެޅުމުން
  • ހަންހަމަށް ތެޔޮ ދޫކުރެވޭނީ ޑިންގީ ނުވަތަ ލޯންޗުގެ ރެޖިސްޓްރީއަށް ބެލުމަށް ފަހު ދުވާލަކަށް 80 ލީޓަރު

އެފްއެސްއެމްއިން ބުނީ މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ސަލާމަތީ މިންގަނޑުތަކަށް ބަލާ އެ ބަދަލުތައް ގެންނަން ފެންނާތީ އާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަހަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. މި ބަދަލުތަކަށް އަމަލު ކުރަން ފަށާނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށް އެފްއެސްއެމްއިން ބުނެ އެވެ.

އެފްއެސްްއެމްއިން މީގެ ކުރިން ހަންހަމަށް ތެޔޮ އަޅައިދެނީ އައިޑީކާޑަކަށް 20 ލީޓަރެވެ. ބައެއް ޝެޑުތަކުން 25 ލީޓަރުވެސް އަޅައިދެ އެވެ.

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ