ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެލުގެ ވައްކަމުގެ މައްސަލައިގައި ފުލުހުންގެ ތަޙުޤީޤު އިތުރަށް ފުޅާކޮށްފި އެވެ. މި މައްސަލައިގެ ތަޙުޤީޤު ފެށުނީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤުގެ ފުރަތަމަ މަރުޙަލާގައި 10 މީހަކާއި ދެ ގެއަކާއި ތެޔޮ އުފުލާ ދެ ބާޖެއް ބަލައި ފާސްކޮށްފައިވެ އެވެ. މީގެ އިތުރުން، ފުލުހުންގެ ރެއިޑުތަކުގައި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތަކެއް ހޯދާފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، މި ތަޙުޤީޤުގައި ސަމާލުކަން ދެވިފައިވާ އެއް ފަރާތަކީ އެފްއެސްއެމްގެ ތެޔޮ ބާޖެއްގެ ކައްޕިއެކެވެ. އޭނާގެ މުސާރައަކީ 35,000 ރުފިޔާ ކަމަށްވާއިރު، އޭނާގެ އެކައުންޓުން މި އަދަދާ ނުބައްދަލު ބޮޑު އަދަދެއްގެ ފައިސާ ރޯލްވެފައިވާކަން ފާހަގަކުރެވިފައިވެ އެވެ.
ތެޔޮ ވިއްކައިގެން ލިބުނު ފައިސާއިން އަގުބޮޑު މުދާ ވެސް އެ ކައްޕި ގަނެފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. މީގެ ތެރޭގައި އެސްޓީއޯ މުވައްޒަފުންނަށް ތަރައްޤީކުރި ފްލެޓުން 1.8 މިލިއަން ރުފިޔާއަށް ގަތް އެޕާޓްމަންޓެއް ހިމެނެއެވެ.
މި މައްސަލައިގައި މިހާތަނަށް ފުލުހުން އެ ކައްޕިއާ ގުޅޭ އެއްވެސް މަޢުލޫމާތެއް މީޑިއާއާ ހިއްސާކޮށްފައި ނުވިނަމަވެސް، އެނގިފައިވާ ގޮތުގައި ފުލުހުން ދަނީ އޭނާއާއި މި ކަމުގައި ބައިވެރިވި އެހެން ފަރާތްތައް ހޯދައި ބަލަމުން ހޯދައި ބަލަމުންނެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ދިވެހި ފުލުހުންގެ ޚިދުމަތް