އެފްއެސްއެމްގެ ތެޔޮ ބޯޓެއް ގއ. ނިލަންދޫ ފަރަށް އަރައިފި އެވެ.
ގއ. ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހް އިބްރާހިމް މިއަދު ވިދާޅުވީ، އެފްއެސްއެމްގެ ތެޔޮ ބޯޓު ނިލަންދޫގެ ފަރަށް ވަރަށް ބޮޑަށް އަރާފައިވާ ކަމަށެވެ.
މި ބޯޓު ފުންކުރުމަށް އެފްއެސްއެމްގެ އިތުރު ބޯޓެއް އަންނަކަމަށް އެފްއެެސްއެމްއިން މައުލޫމާތު ދީފައިވާކަމަށްވެސް ނާސިހް ވިދާޅުވި އެވެ. އަދި ކައުންސިލްގެ އިތުރު އެހީއެއް ބޭނުންނުވާ ކަމަށްވެސް ބޯޓުން ބުނެފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއެސްއެމްގެ ތެޔޮ ބޯޓު ފަރަށް އަރާފައިވަނީ ތެޔޮ ބަރުކޮށްގެން ދަތުރުކުރަނިކޮށެވެ. އަދި ފަރަށް އެރުމުގެ ސަބަބުން ތެޔޮ ލީކުވުންފަދަ ކަމެއް ހިނގާފައިވާ ކަމަށް އަދި މިހާތަނަށް މައުލޫމާތު ލިބިފައެއް ނުވެ އެވެ.