ބޭސް ހޯދަން އުނދަގޫވެގެން 1،600އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވޭ

Advertisement

އެންމެ ފަސް

Advertisement

އާސަންދަ މެދުވެރިކޮށް ބޭސް ލިބުމުގައި ދިމާވާ ދަތިތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ޤާއިމްކުރި ހޮޓްލައިނަށް މިހާތަނަށް 1،673 ޝަކުވާ ލިބިފައިވާކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހު ޤާއިމްކުރި މި ހޮޓްލައިނަކީ ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އާސަންދައިގެ ދަށުން ބޭސް ނުލިބުމާއި، ކުރިން ލިބެމުން އައި ބޭސްތައް މިހާރު ނުލިބޭ މައްސަލަތަކަށް ހައްލެއް ހޯދުމަށް ޤާއިމްކުރި ހޮޓްލައިނެކެވެ. މި ހޮޓްލައިނަށް މިދިޔަ 5 ޑިސެމްބަރުން ފެށިގެން އޭޕްރީލްގެ ނިޔަލަށް ލިބުނު ޝަކުވާތަކުގެ ތެރެއިން 1،457 ޝަކުވާއަށް މިހާރު ވަނީ ޖަވާބުދާރީވެފައެވެ.

އާސަންދައިން ދެއްވި މަޢުލޫމާތުގައި، ޖަވާބުދާރީ ނުވެވި އޮތް 216 ޝަކުވާއަށް ޖަވާބު ނުދެވި އޮތީ އެ ޝަކުވާތައް ހުށަހެޅި ފަރާތްތަކާ ގުޅޭނެ ގޮތެއް ނެތުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. އަދި ލިބުނު ޝަކުވާތަކުގެ ތެރެއިން 189 ޝަކުވާއަށް ވަނީ ހައްލު ހޯދައިދެވިފައެވެ. މި ޝަކުވާތަކަށް ހައްލު ހޯދައިދެވިފައިވަނީ ބޭސް ލިބެންހުރި ފާމަސީތަކުގެ މަޢުލޫމާތު ފޯރުކޮށްދީގެންނެވެ.

ނަމަވެސް، ބައެއް ޝަކުވާތަކަށް ހައްލު ހޯދައިނުދެވޭ ކަމަށް އާސަންދައިން ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ބޭސްތަކާއި، ރާއްޖެއިން ލިބެން ނެތް ބޭސްތަކާ ގުޅޭ ޝަކުވާތަކެވެ.

އާސަންދަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ