ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ޖާގައަށް، 1351 އެޕްލިކޭޝަން ލިބުނު: ހައިދަރު

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ސްޓޫޑެންޓް ލޯނު ސްކީމަށް 500 ޖާގައަށް ހުޅުވާލި ނަމަވެސް، 1،351 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ލޯނު ދޫކުރުން ލަސްވެފައިވަނީ މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ފެބްރުއަރީ މަހުގެ ފަހުން ލިބުމާ ގުޅިގެން ކަމަށެވެ. އެއީ ލޯނު ދޫކުރުމުގައި އޭ ލެވެލް އިމްތިހާނުގެ ނަތީޖާގެ މެރިޓަށް ބެލުމަށް ހަމަޖެހިފައިވާތީ އެވެ.

މިއަހަރުގެ ލޯނު ސްކީމުގައި ދެ ބަޔަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް (ޓޮޕްއަޕް ލޯނު) ފުރުސަތު ދެވޭނެ އެވެ. ޓޮޕްއަޕް ލޯނުގެ ގޮތުގައި 700،000 ރުފިޔާއަށް ވުރެ ބޮޑުނުވާ އަދަދެއް ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދުގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު ވެސް 500 ފުރުސަތަށް ހުޅުވާލި ނަމަވެސް ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދެވުނު ކަމަށެވެ. އަދި މިއަހަރު ވެސް ސަރުކާރުގެ ސިޔާސަތަކަށް ވާނީ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ލޯނު ދިނުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމުގައި އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުންދިޔަ އެއް ޕަސެންޓު ނުނެގުމަށް ނިންމަވާފަ އެވެ. މިއަހަރުގެ ލޯނު ސްކީމަށް ކުރިމަތިލުމުގެ ސުންގަޑި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަމަވެފަ އެވެ.

މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ސްޓޫޑަންޓް ލޯން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ