ނޭޝަނަލް އެސެސަރުންނަށް ކާޑު ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ނެޝަނަލް އެސެސަރުންނަށް, ނޭޝަނަލް އެސެސަރެއްކަން އަންގައިދޭ ކާޑު ހަވާލުކޮށްފިއެވެ.

މި ކާޑު ހަވާލުކޮށްފައިވަނީ އެ ކަމަށް ހާއްސަކޮށް އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން ގެ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

މި ރަސްމިއްޔާތުގައި އެސެސަރުންނަށް ކާޑު ހަވާލުކޮށްދެއްވީ ހަޔާ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙުމަދެވެ. ހައިދަރު މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވިއެވެ. ހައިދަރު ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަޑަށް ދަރިވަރުންނަށް ތަޢުލީމާއި ހުނަރު ހާސިލުވެފައިވާ މިންވަރު ވަޒަންކުރުމަށް މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓުތައް ކުރިއަށްގެންދަނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ނެޝަނަލް އެސެސަރުން މެދުވެރިކޮށްކަމަށެވެ. އަދި އެސެސަރުންގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި އަލަށް ޓްރެއިނިން މެނުއަލެއް މިއަހަރުތެރޭ ތައްޔާރުކުރި ކަން ވެސް ފާހަގަކުރެއްވިއެވެ.

ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓެއް ކުރިޔަށް ގެންދިއުމުގެ ހުއްދަ ދެވޭނީ އެމް.އެން.އެސް.ޑީ.އޭ އިން ނެޝަނަލް އެސެސަރ ކާޑު އެވޯރޑް ކޮށްފައިވާ ފަރާތަކަށް އެކަނި ކަމަށް ހައިދަރު ވިދާޅުވިއެވެ. އަދި ނެޝަނަލް އެސެސަރުންނަކީ ވަރަށް މުހިއްމު އަދި އެހާމެ ޒިންމާދާރު މަސައްކަތެއް ކުރައްވާ މުހިންމު ބަޔަކަށް ވާއިރު، އިތުބާރު ހިފޭފަދަ އެސެސަރަކަށް ވުމަށްޓަކައި، ކޮންމެ ކާޑު ހޯލްޑަރ އަކީ އެސެސްމަންޓް މާހައުލުގައި ޕްރޮފެޝަނަލިޒަމް ހިފަހައްޓާ ނަޒާހަތްތެރިކަން އިސްކޮށް ހަމަހަމަކަމާއި އެކު އެސެސްމަންޓް ކުރިއަށް ގެންދާ، އެސެސަރަކަށްވާންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ މިއަހަރުގައި 29 ޓްރެއިނިންގ އޮފް ޓްރެއިނާރސް ތަމްރީނުކޮށްފައިވާއިރު މިއަހަރު ތެރޭގައި 20 ނެޝަނަލް އެސަސަރުން ތަމްރީނު ވެފައިވާ ކަމަށެވެ. އެމް.އެން.އެސް.ޑީ.އޭގައި އެކި ދާއިރާތަކުން އެސެސްމަންޓްތައް ކުރިޔަށްގެންދިޔުމަށް 234 ނެޝަނަލް އެސެސަރުން ރަޖިސްޓަރީކޮށްފައިވާ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު އެސަސަރުން ތަމްރީނުކުރުމަށް އެމް.އެން.އެސް.ޑީ.އޭ އިން ރާވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓަކީ ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްގައި ފަންނީ މަސައްކަތް ދަސްކުރާ ފަރާތްތަކަށް ވަކި މަސައްކަތެއް ވަކި ފެންވަރެއްގައި ކުރަން އެނގޭނެކަން ރަސްމީ ސިފައެއްގައި ކަނޑައެޅުމަށްޓަކައި ބޭނުންކުރާ މިންގަނޑާ އަޅައިބަލައި، މަސައްކަތްކުރުމަށް ބޭނުންވާ ހުނަރާއި، މައުލޫމާތާއި، މަސައްކަތު އަޚްލާޤު އެ މީހެއްގެ ކިބައިގައި ހުރި މިންވަރު ވަޒަންކުރުމަށްޓަކައި، ތަމްރީނުދޭ ފަރާތުން ކުރިޔަށް ގެންދާ އިމްތިހާނުގެ އިތުރުން، ނެޝަނަލް އެސެސަރުން މެދުވެރިކޮށް ކުރިޔަށް ގެންދާ އެކްސްޓަރނަލް ވެރިފިކޭޝަނެކެވެ. އެސެސަރުންގެ އެސެސްމަންޓު ރިޕޯރޓުގެ މަށްޗަށް ބިނާކޮށް ނެޝަނަލް ސެޓުފިކެޓު ދޫކުރާއިރު، އެ ސެޓުފިކެޓްގެ އިތުބާރު ބިނާވެފައިވަނީ އެސެސަރުންގެ ފެންވަރުގެ މަށްޗަށެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ