މޯލްޑިވްސް 2.0 ގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އިތުރުވާނެ: އެސްޓީއޯގެ އެމްޑީ ޝިމާދް

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް 2.0 ގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އިތުރުވެގެން ދާނެކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޝިމާދް މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

ޝިމާދް ވިދާޅުވީ މޯލްޑިވްސް 2.0 ގެ މާނައަކީ އަވަސް ހިދުމަތްތަކާއެކު ހާމަކަން ބޮޑު ވެރިކަމެއް ކަމަށެވެ. އަދި އެއީ ރައްކާތެރި، ސޮވަރިން އިންފްރާސްޓްރަކްޗަރ އެއްކަމަށްވެސް ޝިމާދް ވިދާޅުވި އެވެ.

މީގެ އިތުރުން މޯލްޑިވްސް 2.0 ގެ ސަބަބުން ވިޔަފާރި ކުރިއެރުން އަވަސްވެ، އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، މުޅި ގައުމުގައި އިނޮވޭޝަން އިތުރުވެގެން ދާނެކަމަށް އެމްޑީ ޝިމާދް ވަނީ ވިދާޅުވެފަ އެވެ.

ދިވެހިރާއްޖެ 2.0 އަކީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ. މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ޚިދުމަތްތައް ހަލުވިކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޚިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.

މި ޕްލޭންގައި ޑިޖިޓަލް އައިޑެންޓިޓީ، ޑޭޓާ ހިއްސާކުރުން، ސައިބަރ ސެކިއުރިޓީ އަދި ޚިދުމަތް ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ 8 މައިގަނޑު ތަނބު ހިމެނެއެވެ.

”މޯލްޑިވްސް 2.0“ ގެ ދަށުން ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް އެއް ޑިޖިޓަލް ޕްލެޓްފޯމަކުން ލިބޭގޮތް ހެދުމަށް ވަނީ ރޭވިފައެވެ. އަދި ތަޢުލީމު، ޞިއްޙަތު، ފަތުރުވެރިކަން އަދި ޢަދުލު އިންސާފު ފަދަ މުހިންމު ދާއިރާތަކުގައި ޑިޖިޓަލް ވަސީލަތްތަކުން ޚިދުމަތް ލިބުމާއި ވިލަރެސްކުރުން ރަނގަޅުކުރެވޭނެއެވެ.

ޑިޖިޓަލް މޯލްޑިވްސް 2.0 ގެ މަޤްޞަދަކީ ކޮންމެ ދިވެއްސަކަށް ވެސް ތަރައްޤީވެފައިވާ، ރައްކާތެރި އަދި ގުޅިލާމެހިފައިވާ މުސްތަޤްބަލެއް ބިނާކުރުން“ ކަމަށް ސަރުކާރުން ބުނެއެވެ. މި ވިޝަންގެ ދަށުން ވަރުގަދަ ޓެކް އިކޯސިސްޓަމެއް ބިނާކޮށް، ސްޓާޓްއަޕްތަކަށް ހިތްވަރުދީ، ޒުވާނުންނަށް އީޖާދީ ކަންކަމަށް މަގުފަހިކޮށްދިނުމަށް ވަނީ ރޭވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓީއޯގެ އެމްޑީ އިބްރާހީމް ޝިމާދު މޯލްޑިވްސް 2.0

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ