ޑިޖިޓަލްކޮށް ހިންގުމުން ހިދުމަތްތައް އަވަސްވެ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުވޭ: މިނިސްޓަރު ހަލީލް

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް 2.0 ގެ ތެރެއިން ޑިޖިޓަލްކޮށް ކަންކަން ހިންގަން ފެށުމުން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އަވަސްވެ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުވެގެން ދާނެކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ ޑިޖިޓަލައިޒްކޮށް ސަރުކާރު ހިންގުމުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަވަސްވެ، ލުއިފަސޭހަވެ، ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުވެ، ސަރުކާރު ހިންގުމުގެ ޚަރަދުތައް އެތައް މިލިޔަނުން ކުޑަވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ހަލީލް ވަނީ މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފަސޭހަތަކުގެ ތިން މިސާލެއް ދެއްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޑޮކްޓަރަށް ދެއްކުމަށް ކިއު ނަންބަރު ނެގުމުގައި އައިސްފައިވާ ބަދަލާއި، ބޭންކިންގ ޚިދުމަތްތަކަށް އައިސްފައިވާ ބަދަލާއި، އަދި ޔުޓިލިޓީ ބިލްތައް ދެއްކުމަށް އައިސްފައިވާ ބަދަލެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ކުރިން ޑޮކްޓަރަށް ދެއްކުމަށް ކިއު ނަންބަރު ނަގަން ޖެހެނީ ހޮސްޕިޓަލަށް ގޮސްގެން ކަމަށާއި، މިހާރު އެކަން ފޯނުން ކުރެވޭ ކަމަށެވެ. އަދި ބޭންކިންގ ޚިދުމަތްތަކުގެ ތެރެއިން ގިނަ މުޢާމަލާތްތަކާއި އެކައުންޓް ހުޅުވުން ފަދަ ކަންކަން މިހާރު ފޯނުން ކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ފެނާއި ކަރަންޓާއި ފޯނު ބިލްތައް މިހާރު ޑިޖިޓަލްކޮށް ލިބޭ ކަމަށާއި، ގޭގައި ތިބެގެން ބިލްތަކަށް ފައިސާ ދެއްކޭ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ހަލީލް އިތުރަށް ވިދާޅުވެފައިވަނީ މިފަދަ އެތައް ފަސޭހަތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަލް އެޖެންޑާ ތަންފީޒުވެގެން ދާއިރު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް 2.0 ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ