ތެލެސީމިއާ ސެންޓަރުުގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ތަރައްގީކުރާ ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި އެ ސެންޓަރު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ތެލަސީމިއާ ސެންޓަރެއްގެ ގޮތުގައި ހުޅުމާލޭގައި ސަރުކާރުން ތަރައްގީކުރީ ކޮވިޑް-19 ގެ ދުވަސްވަރުގައި ބޭނުންކުރި އޮރެންޖް ބިލްޑިންނެވެ. ތެލެސީމިއާ ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް ހަވާލުކުރީ ސިފައިންނާ އެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުޢީއްޒު ވަނީ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް ނިންމަން ސިފައިންނާއި ހަވާލުކޮށްފައިވަނީ އެއް މަސް ދުވަހުގެ ތެރޭގައި ކަމަށް ވިދާޅުވެފަ އެވެ.

އެމްއެންޑީއެފް އިން މިއަދު ”އެކްސް“ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރަން ނިންމާފައިވުމާ ގުޅިގެން އޮރެންޖް ހިޔާއަށް ހާއްސަ ބަސް ރޫޓެއް ވެސް އެމްޓީސީސީން ވަނީ ހަމަޖައްސާފަ އެވެ.

އެމްޓީސީސީން ބުނީ، ތެލެސީމިއާއަށް ފަރުވާ ހޯއްދަވާ ފަރާތްތަކަށް އޮރެންޖް ހިޔާ ފެސިލިޓީއަށް ހިދުމަތް ހޯދުމަށް ދިއުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ ކުންފުނީގެ ހުޅުމާލެ ފިޔަވަހި 1 އަދި ފިޔަވަހި 2 އަށް ދަތުރުުކުރާ އާރް5 އޮރެންޖް ހިޔާއަށް މަޑުކުރާ ގޮތަށް ބަސް ހުއްޓިއެއް އިތުރު ކުރެވިފައިވާނެ ކަމަށެވެ.

އެމްއެންޑީއެފް މިނިސްޓްރީ އޮފް ހެލްތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ތެލެސީމިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ