މާލެއިން ފުރައިގެން ކ. އެރިއަދޫ އަށް ދަތުރުކުރަމުން ދިޔަ ”އަލްމާކް- ފިޔަ“ ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު ފެނިއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި ތިންވަނަ މީހާގެ ހަށިގަނޑު ފެނުނީ ރޭގެ ވަގުތެއްގައެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި ކޮޅުވެއްޓި ބަންޑުން ޖަހާލައި ތިން މީހަކު ގެއްލުނެވެ. އޭގެތެރެއިން ދެ މީހުންގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގައެވެ. އެއީ އީ ގއ. ދާންދޫ، އަހުމަދު ޝިފާން (38އ) އެވެ. އަދި ދެވަނަ މީހާ އަކީ އިންޑިޔާ މީހެކެވެ. މިއަދު އޮޔާދަނިކޮށް އެ ފެނުނީ ލަންކާ މީހެކެވެ.
މި ހާދިސާގައި އެ ދޯނީގައި ހަތް މީހަކު ދަތުރުކުރިއެވެ. މި ހަތް މީހުންގެ ތެރެއިން ސަލާމަތްވީ ހަތަރު މީހުންނެވެ. މި ހާދިސާ ހިނގި ހަފްތާގައި ނަސްރު ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ވެސް އައިޑަށް ގޮސްފައިވެއެވެ.