އަންނަ ބުރާސްފަތި ދުވަހު ހުޅުމާލެ ފޭސް 1 ގައި ހުންނަ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލު ކުރަން ނިންމާފައިވުމާ ގުޅިގެން އޮރެންޖް ހިޔާއަށް ހާއްސަ ބަސް ރޫޓެއް އެމްޓީސީސީން ހަމަޖައްސައިފި އެވެ.
އެމްޓީސީސީން ބުނީ، ތެލެސީމިއާއަށް ފަރުވާ ހޯއްދަވާ ފަރާތްތަކަށް އޮރެންޖް ހިޔާ ފެސިލިޓީއަށް ހިދުމަތް ހޯދުމަށް ދިއުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ ކުންފުނީގެ ހުޅުމާލެ ފިޔަވަހި 1 އަދި ފިޔަވަހި 2 އަށް ދަތުރުުކުރާ އާރް5 އޮރެންޖް ހިޔާއަށް މަޑުކުރާގޮތަށް ބަސް ހުއްޓިއެއް އިތުރު ކުރެވިފައިވާނެ ކަމަށެވެ.
މާލެއިން އޮރެންޖު ހިޔާއަށް ދާނީ އާރް15 ރޫޓުން ކަމަށާއި، މިއަދު މެންދުރު 1:30 އިން ފެށިގެން އެ ދަތުރުތައް ފަށާފައި ވާކަމަށް އެމްޓިސީސީން ބުނެފައިވެ އެވެ.
ތެލެސީމިއާ ޚިދުމަތްތައް އާ އިމާރާތަށް ބަދަލުކުރުމުގައި، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނުވާނެ ގޮތަށް މަސައްކަތްތައް ރޭވުމަށް ރައީސް އިރުޝާދު ދެއްވާފައިވެ އެވެ.
މީގެ އިތުރުން، ތެލެސީމިއާ ޚިދުމަތްތައް އާ އިމާރާތަށް ބަދަލުކުރުމުގައި، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނުވާނެ ގޮތަށް މަސައްކަތްތައް ރޭވުމަށް ރައީސް އިރުޝާދު ދެއްވާފައިވެ އެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ތެލެސީމިއާ