ދެގައުމުގެ ގުޅުން ދެމިގެން ދާނީ ދާނީ އިތުބާރާއި، އެއްބާރުލުމާއިއެކު: ޗައިނާ ސަފީރު

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ އާއި ޗައިނާގެ ގުޅުން ދެމިގެން ދާނީ ދާނީ އިތުބާރާއި، އެއްބާރުލުމާއިއެކު ކަމަށް ދިވެހިރާއްޖެއަށް ޗައިނާ އިން ކަނޑައެޅުއްވި އައު ސަފީރު ކޮންގ ޝިއަންހުއާ ވިދާޅުވެއްޖެ އެވެ.

އެގޮތުން މިއަދު ސަފީރު ލިޔުއްވާފައިވާާ ލިޔުމެއްގައި ވިދާޅުވެފައިވަނީ 1972 ވަނަ އަހަރު ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނު އަހަރު އުފަންވެވަޑައިގަތް ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ ޗައިނާގެ ސަފީރުކަން ކުރެއްވުމަކީ ލިބިވަޑައިގަންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އިތުރަށް އިގްތިސާދީ އެއްބާރުލުން ވަރުގަދަކޮށް ގުޅުން ބަދަހިކޮށް ހުރިހާ ކަމެއްގައި ވެސް ރާއްޖެ އަށް އެއްބާރުލުން ދެއްވާނޭ ކަމަށެވެ.

މީގެއިތުރުން އިތުބާރަކީ ހުންގާނު ކަމުގައި، އަދި އެއްބާރުލުމަކީ ނެވި ކަމުގައި ބައްލަވައި، ދެ ގައުމުގެ ގާތް ގުޅުމުގެ ދެމެހެއްޓެނިވި ބާރުގެ އެހީގައި، ޗައިނާ-ދިވެހިރާއްޖޭގެ ރަހުމަތްތެރިކަމުގެ ނާ، އިތުރަށް އުޖާލާ އަދި ފާގަތި މުސްތަގުބަލަކާ ދިމާއަށް ދަތުރުކުރާނެކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާާއްޖޭގެ ރައްޔިތުނާއި ރިޕަބްލިކް އޮފް ޗައިނާާއާއި ދެމެދު ޑިޕްލޮމެޓިިކް ރިލޭޝަންސް އެުފެދިގެން އައީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ރާއްޖެ - ޗައިނާ ޗައިނާ ސަފީރު ކޮންގ ޝިއަންހުއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ